ނަޑެއްލާ ކައުންސިލް ސްޕޯރޓްސް ފިއެސްޓާ 2023 ގައި މިރޭ ކުޅުނު މެޗުން މޮޅުވެ ނަޑެއްލާ ސްޕޯރޓްސް ފައިނަލާ ކައިރިއަށް ޖެހިލައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗް ސީދާ 3 ސެޓުން ނަޑެއްލާ ސްޕޯޓްސް އިން ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗުގެ ސެޓުތައް ނަޑެއްލާ ސްޕޯޓްސް އިން ގެންދިޔައީ 25 – 10، 25 – 15 އަދި 25 – 22 އިންނެވެ.
މިމެޗުގެ އޮފްދަމެޗްއަކަށް ހޮވިފައިވަނީ ނަޑެއްލާ ސްޕޯރޓްސް ކުލަބުގެ ޖާރޒީ ނަންބަރު 11 ނާފިޒް އިބްރާހީމް އެވެ.
ގދ އަތޮޅު ކައުންސިލް އިން މެއިން ސްޕޮންސަރ ކޮށްފައިވާ "ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023" އަކީ ފުޓްސަލް އާއި ވޮލީއަށް ޚާއްސަ ކުރެވިގެން އެރަށު ޒުވާނުންނަށް ކުރިޔަށް ގެންދާ މުބާރާތެކެވެ. އެގޮތުން އަންހެން ޑިވިޝަން އާއި ފިރިހެން ޑިވިޝަން ވަކި، މުބާރާތެއްގެ ގޮތުގައި ރަށުގެ ޓީމުތައް ބައިވެރިވާ ގޮތަށް ފުޓްސަލް އާއި ވޮލީ ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވެއެވެ.
ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ މީޑިއާ ޕާރޓްނާރ އަކަށް ހުވަދޫ މީޑިއާ ހަމަޖައްސާފައިވާއިރު، މި މުބާރާތުގެ ބްރޭންޑިން ޕާރޓްނާ އަށް ރާޅު އާޓްސް އެންޑް ޑިޒައިން ވަނީ ހަމަޖައްސާފައެވެ.


