ތުރުކީވިލާތަށް 5.5 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މި ބިންހެލުން އައިކަން ކަށަވަރު ކޮށްދީފައި ވަނީ ޔޫރަޕިއަން މެޑިޓެރޭނިއަން ސިސްމޮލޮޖިކަލް ސެންޓަރު (އީ.އެމް.އެސް.ސީ.) އިން ކަމަށް ރޮއިޓާސް އިން ބުނެއެވެ.
އީ.އެމް.އެސް.ސީ. އިން މަޢުލޫމާތު ދޭގޮތުގައި ބިންހެލުން އައިސްފައި ވަނީ 12 ކިލޯމީޓަރުގެ އަޑީގެ ސަރަޙައްދަކަށެވެ. ބައެއް ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި އަންގާރަ ދުވަހުގެ ވަގުތެއްގައި މި ބިންހެލުން އައިސްފައި ވަނީ ތުރުކީގެ މެދުތެރޭގެ އަދަނާ ޕްރޮވިންސަށެވެ.
މި ބިންހެލުން އައުމާއި ގުޅިގެން އެއްވެސް ތަނަކަށް އަދި މީހަކަށް ވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ތުރުކީގެ ޑިޒާސްޓަރ އެންޑް އެމެޖެންސީ މެނޭޖްމެންޓް އޮތޯރިޓީ (އޭ.އެފް.އޭ.ޑީ.) އިން ބުނެފައި ވެއެވެ.
އިންޑޮނޭޝިޔާއަށް 6.0 މެގްނެ ޓިއުޑް ބާރުމިނުގައި އިއްޔެ ބިންހެލުމެއް އައި ކަމަށް ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (ޔޫ.އެސް.ޖީ.އެސް.) އިން ވަނީ ބުނެފައެވެ. އިންޑޮނޭޝިޔާގެ އިރުމަތީ ފަރާތު ކަނޑުގެ 88.6 ކިލޯމީޓަރު އަޑިއަށް އައި މި ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރެއް ދީފައެއް ނުވެއެވެ.

