ރިޔާސީ އިންތިހާބުގެ ހައްލު ގެއްލޭ ކަމަށް ވިދާޅުވެ، ރައިސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި ދުސްޓުރީ މައްސަލަ ބަލައިނުގަތުމުން، އިތުރު މައްސަލައެއް މިއަދު ސުޕްރީމް ކޯޓްއަށް ހުށަހަޅުއްވައިފިއެވެ.
ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓްއަށް އާ މައްސަލައެއް މިއަދު ހުށަހަޅާފައި ވީނަމަވެސް އޭގެ ތަފްސީލެއް އެ ޕާޓީން ދީފައެއް ނުވެއެވެ. އެ މައްސަލަ ބަލައިގަތުމާއި މެދު އަދި ސުޕްރީމް ކޯޓްއިން ވަކި ގޮތަކަށް ނިންމާފައެއް ނުވެއެވެ.
ރައީސް ޔާމީންއަށް ރިޔާސީ އިންތިހާބުގެ ހައްގުތައް ގެއްލޭކަމަށް ބުނެ، އެ މަނިކުފާނުގެ ޕާޓީގެ މެންބަރުން މައްސަލަ ހުށަހަޅުއްވާފައިވަނީ، ރިޝްވަތާއި މަނީ ލޯޏްޑްރިންގްގެ ކުށުގައި 11 އަހަރުގެ ޖަލުހުކުމްއެއް އިއްވާފައި ވުމާއިއެކު، އިސްތިއުނާފުގެ ޝަރީއަތް ނުނިމި ދިގުދެމިގެންދާތީއެވެ.
މި ކަމާއި ގުޅިގެން ފުރަތަމަ ހުށަހެޅުއްވި މައްސަލަ ކޯޓްއިން ބަލައިގެންފައި ނުވަނީ އެއީ ދުސްޓޫރީ މައްސަލައަކަށް ނުވާތިއެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ބާޔިލް ނުކުރާނަމަ އެމަނިކުފާންއަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމުގެ ފުރުސަތު ވަރަށް ކުޑައެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލިމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެމއްދަތު އަންނަ މހުގެ 07 ވަނަ ދުވަހަށް ހަމަވާނެއެވެ.
އަދި މި މުއްދަތުގައި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޖަލުހުކުމް ބާޠިލް ނުކުރާ ނަމަ، ކެންޑިޑެންސީ ފޯރމް ބަލައިނުގަނެވޭނެ ކަމަށް އީސީގެ ރައީސް ފުއާދު ތައުފީގް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓްގައި ކުރިއަށް ގެންދިޔަ ނަމަަވެސް، އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ އެއް ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމާއި ގުޅިގެން، އެ މައްސަލަ ވަނީ މަޑުޖެހިފައެވެ.

