އިދިކޮޅު ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުالله ޔާމީންގެ އިންތިޚާބީ ޙައްޤުތައް ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި އާ ދުސްތޫރީ މައްސަލަވެސް ބޭރުކޮށްލައިފިއެވެ.
ރައީސް ޔާމީނުގެ ފަރާތުން އެމަނިކުފާނުގެ އިންތިޚާބީ ޙައްޤުތައް ކަށަވަރުކުރުމަށް މިމަހު 22 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލަވެސް އެ ކޯޓުން ވަނީ ބޭރުކޮށްލާފައެވެ. އެއަށްފަހު މިއަދު ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އައު މައްސަލަވެސް މިހާރުވަނީ ސުޕްރީމް ކޯޓުން ބޭރުކޮށްލާފައެވެ.
ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ ހުށަހެޅުނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ރައީސް ޔާމީންގެ އިސްތިޢުނާފީ މައްސަލަތައް ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން އެމަނިކުފާނުގެ އެތަކެއް އަސާސީ ޙައްޤުތަކާއި އިންތިޚާބީ ޙައްޤުތަކަކަށް ހުރަސް އެޅިފައިވާތީ، އެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.
އެހެން ނަމަވެސް އެ މައްސަލަ ބަލައި ނުގަންނަން ސްޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

