ނަޑެއްލާ ކައުންސިލް ސްޕޯރޓްސް ފިއެސްޓާ 2023 ގައި މިރޭ ކުޅުނު ފިރިހެން ޑިވިޝަން ވޮލީ މެޗުން މޮޅުވެ ނަޑެއްލާ ސްޕޯރޓްސް ފައިނަލަށް ދަތުރުކޮށްފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗް 3 ސެޓު 1 ސެޓުން ގޭމް އޮން ޓީމާއި ވާދަކޮށް ނަޑެއްލާ ސްޕޯޓްސް އިން ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗުގެ ސެޓުތައް ނަޑެއްލާ ސްޕޯޓްސް އިން ގެންދިޔައީ 25 – 13 އަދި 25 – 18 އަދި 25 – 19 އިންނެވެ. ގޭމްސް އޮން ޓީމަށް ލިބުނު ސެޓު ގެންދިޔައީ 25 – 21 އިންނެވެ.
މިމެޗުގެ އޮފްދަމެޗްއަކަށް ހޮވިފައިވަނީ ނަޑެއްލާ ސްޕޯރޓްސް ކުލަބުގެ މުހައްމަދު ނާއިލް އެވެ.
ގދ އަތޮޅު ކައުންސިލް އިން މެއިން ސްޕޮންސަރ ކޮށްފައިވާ "ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023" އަކީ ފުޓްސަލް އާއި ވޮލީއަށް ޚާއްސަ ކުރެވިގެން އެރަށު ޒުވާނުންނަށް ކުރިޔަށް ގެންދާ މުބާރާތެކެވެ. އެގޮތުން އަންހެން ޑިވިޝަން އާއި ފިރިހެން ޑިވިޝަން ވަކި، މުބާރާތެއްގެ ގޮތުގައި ރަށުގެ ޓީމުތައް ބައިވެރިވާ ގޮތަށް ފުޓްސަލް އާއި ވޮލީ ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވެއެވެ.
ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ މީޑިއާ ޕާރޓްނާރ އަކަށް ހުވަދޫ މީޑިއާ ހަމަޖައްސާފައިވާއިރު، މި މުބާރާތުގެ ބްރޭންޑިން ޕާރޓްނާ އަށް ރާޅު އާޓްސް އެންޑް ޑިޒައިން ވަނީ ހަމަޖައްސާފައެވެ.


