މުދައްރިސުންގެ އާ ސުލޫކީ މިންގަޑު ނެރުނު އިރު، މޫނު ބުރުގާ އަޅައިގެން ކިޔަވައި ނުދެވޭ ގޮތަށް ނިންމައި ހަމަޖައްސައިފިއެވެ.
އެ ސުލުކީ މިންގަޑާ މުދައްރިސުން އަމަލުކުރަންޖެހޭ ގޮތް ގެޒެްކޮށް އަމަލުކުރަން ފަށާފައިވަނި މިދިޔަ ހޯމަ ދުވަހުއެވެ.
އޭގައިވާ ގޮތުން ދަރިވަރުންނާއި މުއާމަލާތް ކުރުމުގައި މޫނު މަތީގެ ކުލަވަރުތަކަީ ދަރިވަރުންނާއި މުއާމަލާތްކުރާއިރު، ފެންނަން ހުންނަން ޖެހޭނޭ ކަމެއް ކަމުގައެވެ.
އަދި، އެ އުސޫލުގެ މަގްސަދަކީ މުުދައްރިސުންގެ ފަންނީ އަހުލާގީ އިޖުތިމާއީ ސުލޫކު ހަރުދަނާކުރުމާއެކ،ު ޒަމާނުއްސުރެ ދިވެހި މުޖުތަމަޢުގައި ތައުލީމީ ދާއިރާއަށް އޮންނަ ގަދަރާއި އިހުތިރާމު އިތުރުކޮށް ދެމެހެއްޓުން ކަމަށް ބުނެފައި ވެއެވެ.
“އުނގަންނައިދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދާ އިރު އަދި ދަރިވަރުންނާ މުޢާމަލާތް ކުރާއިރު ހުންނަންވާނ،ީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށެވެ”
މީގެ އިތުރުން، މުދައްރިސުންގެ ކިބައިގައި ހުންނަންޖެހޭ ފަންނީ އަހުލާގާއި އާދަތައް ހަރުދަނާކޮށް، ކޮންމެ މުދައްރިސަކީ ވެސް ޒިންމާ އަދާކުރުމުގައި ތެދުވެރި އިހުލާސްތެރި ޒިންމާދާރު އަދި ކަމަށް ކަމޭހިތާ މީހަކަށް ހެދުމާއި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ފެންވަރު ރަނގަޅު ތައުލީމާއި އިސްލާމީ ތަރުބިއްޔަތު ދެވޭނެފަދަ، އުނގެނުމަށް ފަހި މާހައުލެއް ރާއްޖޭގައި ހިންގާ ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި، ކިޔަވައިދޭ އެނޫން ތަންތަނުގައި ގާއިމުކުރުން ކަމަށް ބުނެފައި ވެއެވެ.
އުސޫލުގައި މުދައްރިސުންގެ ސުލޫކީ މިންގަނޑު ބިނާކޮށްފައި ވަނީ ހަތް އަސާސެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ދަރިވަރުންގެ ކަރާމާތާއި ރައްކައުތެރިކަމާއި ތައުލީމީ ދާއިރާގެ އިތުބާރު، ދަރިވަރުންގެ ފަރުދީ ތަފާތުތަކައި، ފަންނީ އަދި ރަސްމީ ގުޅުމާއި، ފަންނީ އަހުލާގާއި، ތެދުވެރިކަމާއި އިހުލާސްތެރިކަން އަދި ޒަމާނާ އެކަށޭނަ އިލްމާއި ފަންނުވެރިކަމެވެ.

