ފީފާ އަންހެން ވޯލްޑް ކަޕުގެ މިއަދު ކުޅެވުނު އަޔަލެންޑް އާއި ކެނެޑާ ބައްދަލު ކުރި މެޗު އަޔަލެންޑް 1 ގޯލް ޖަހާފައި އޮއްވާ ފަހަތުން އަރާ 2 ގޯލް ޖަހާ މޮޅުވެއްޖެއެވެ.
ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ އަތުން 1-0 އިން ބަލިވެފައިވާ އަޔަލޭންޑުން މިމެޗައް ނުކުތީ މޮޅުވުން ނޫން އެހެންގޮތެއް ނެތްކަން އެނގިތިބެއެވެ. މި މެޗުގެ ވަރައް ކުރީކޮޅުގައި އަޔަލެންޑް ވަނީ 4 ވަނަ މިނެޓުގައި ގޯލް އެއްޖަހާ ހިތްހަމަ ޖައްސާލައިފައިއެވެ. މި ހިތްގައިމު ލަނޑަކީ އަންހެން ވޯލްޑް ކަޕްގައި އަޔަލޭންޑުން ޖެހި ފުރަތަމަ ލަނޑެވެ. ނަމަވެސް ކެނެޑާއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ކެނެޑާއިން ދެ ވަނަ ހާފުގެ 53 ވަނަމިނެޓުގައި ކެނެޑާގެ ދެވަނަ ގޯލް ޖެހީ އެޑްރިއާނާ ލިއޯން ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. މި ގޯލަކީ އޮލިމްޕިކް ޗެމްޕިއަނުންގެ ޓީމަށް ތިން ޕޮއިންޓް ހޯދައިދީ، އަޔަލޭންޑް މުބާރާތުން ކަޓައިލުމަށް ފުދުނު ގޯލެކެވެ. ކެނެޑާގެ އުއްމީދަކީ މިހާރު އޮސްޓްރޭލިއާ ބަލިކޮށް ގްރޫޕްގެ އެއްވަނަ ހޯދުމެވެ.

