އަބަދުވެސް ހުންނާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ވަފާތެރިކަންމަތީގައި ކަމަށް މާލޭގެ މޭޔަރު، ޑރ. މުޙައްމަދު މުޢިއްޒު ވިދަޅުވެއްޖެއެވެ.
މުޢިއްޒު މިހެން ވިދާޅުވެފައިވަނީ މީޑިއާތަކަށް ދެއްވި ހާއްސަ މެސެޖްއެއްގައެވެ.
އެގޮތުން މުޢިއްޒު ވިދާޅުވީ އޭނާ، ސިޔާސީ ދާއިރާއަށް ނުކުތުމުގެ ކުރިންވެސް ރައީސް ޔާމީން ފެނިވަޑައިގެންނެވީ ވަރަށް ކަމުދާ، ކެރޭ ޝަހުސުއްޔަތެއްގެ ގޮތުގައި ކަމަށެވެ. އަދި އޭނާއަކީ އަބަދުވެސް ރައީސް ޔާމީންއަށް ސަޕޯޓްކުރާ މީހެއްކަމަށް މުޢިއްޒު ވިދާޅުވިއެވެ.
“އަޅުގަނޑު ސިޔާސީ މައިދާނަށް ވަނުމުގެ ކުރިން ވެސް އަޅުގަނޑު ހަމަ ރާއްޖޭގެ ސިޔާސީ މައިދާނުގައި އޭރުގެ ރައީސް މައުމޫންގެ ސަރުކާރުން ފެށިގެން ފެންނަ ކެބިނެޓް ވަޒީރުންނާއި އިސްވެރިންގެ ތެރެއިން އަޅުގަނޑަށް ވަރަށް ކަމުދާ ޝަހްސިއްޔަތެއްގެ ގޮތުގަ އޭރުގަ ޔާމީން އަޅުގަނޑަށް ފާހަގަ ވެގެން ދިޔައީ.”
މީގެ އިތުރުންމުޢިއްޒު ވިދާޅުވީ، އޭނާ ރައީސް ޔާމީންއަށް ސަޕޮތްލކުރުމަށް ވަކި ހާއްސަ “ކޮންޑިޝަންތަކެއް” އޮންނަން ނުޖެހޭ ކަމަށެވެ. އަދި، އޭގެ ބަދަލުގައި އޮންނަނީ ” އަން ޑިވައިޑެޑް ލޯޔަލްޓި” އެއް ކަމަށާއި، 2013 ވަނަ އަހަރު މުޢިއްޒު އިސްވެ ހުންނަވައި އަދާލަތު ޕާތީއާއި ޕީޕީއެމް އާއި ދމެދު މަޗްވަރާ ބައްދަލުވުންތަކެއް ބާއްވާ ކޯލިޝަން ހެދުމަށްވެސް ރައީސް ޔާމީންއާއި ބައްދަލުކުރެއްވި ކަމަށް އޭނާ ފާހަގަކުރިއެވެ.
“އަޅުގަނޑުގެ މި ލޯޔަލްޓީ އާއި މެދު ސުވާލު ކުރާ ފަރާތްތަކަށް އެބޭފުޅުން އަމިއްލައަށް ޖަވާބު ދެއްވީމަ ރަނގަޅު ވާނެ” މުއިއްޒު ވިދާޅުވިއެވެ.
އަދި ރައީސް ޔާމީންއަށް ޚިދުމަތްކުރުމަށް ލިބިލެއްވި ފުރުސަތަކީ ރަނުގެ ފުރުސަތެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

