އާއިލާއާއި އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރި ޔޫކްރެއިންގެ ގާނޫނު ހަދާ މަޖިލީސް މެމްބަރެއްގެ މައްޗަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ޖިނާއީ ތަހުގީގްއެއް ފަށައިފިއެވެ.
ޔޫކްރެއިންގެ ދައުލަތުގެ އޮފިޝަލުންނަށް ގައުމުން ބޭރަށް ޗުއްޓީ ހޭދަކުރަން ދިޔުން އޮންނަނީ މާނާކޮށްފައެވެ. އަދި އަސްކަރިއްޔާއަށް ޚިދުމަތްކުރެވޭ އުމުރުގެ ފަރާތްތަކުން ގައުމުން ބޭރުވާނަމަ އެކަމަށް ވަކި ހާއްސަ ހުއްދައެއް ނަގަން ޖެހެއެވެ.
ޔޫކްރެއިންއިން މަޖިލީސް މެމްބަރ ޔޫރީ އަރިސްޓްވްއަށް ކުރަނީ ދޮގު މައުލުމާތު ދިނުމުގެ ތުހުމަތެވެ. އެއި ގައުމުން ބޭރަށް ދިޔުމަުގައި އޭނާ ދޮގު ހަދާފައިވާ ކަމަަށް ތުހުމަތު ކުރެވުގެންނެވެ. އަދި އެ ދައުވާ އޭނާގެ މައްޗަށް ޗާބިޔުވެއްޖެނަމަ 3 އަހަރުގެ ޖަލުހުކުމްއެއް އަންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަރިސްޓޯވް ރާއްޖޭގައި ޗުއްތީ ހޭދަކޮށްފައިވަނީ އާއިލާއާއި އެކު، އިތާފުށި ރިސޯތްގައެވެ. އަދި އޭނާ ޗުއްތި ހޯދާފައިވަނި ބޭސް ފަރުވާއަށް ކަމަށެ ބުނެ ހޯދި ހުއްދައެއްގެ ދަށުންކަމަށް ތަހުގީގްގެ ފުރަތަމަ މަރުހަލާއިން ވަނީ ފާހަގަކުރެވިފައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ތަހުގީގު ފެށުމާ އެކު އަރިސްޓޯވް ވަނީ މެމްބަރުން ކަމުން އިސްތިއުފާ ދެއްވި ކަން ޔޫކްރޭނުގެ ޕާލިމަންޓަށް ރަސްމީކޮށް އަންގަވައިފަ އެވެ.

