ނަޑެއްލާ ކައުންސިލް ސްޕޯރޓްސް ފިއެސްޓާ 2023 ގެ ފިރިހެން ފުޓްސަލް ގައި ފުއްޓަރު ޓީމް ވަނީ އެޓީމުގެ ފުރަމަތަ މޮޅާއި އެކު މުބާރާތް ފަށާފައެވެ.
ގދ. ނަޑެއްލާ ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗްގައި ބައްދަލުކުރީ ފުއްޓަރު ޓީމާއި އާއި ޓީމް ގަައްބަރުއެވެ. މެ މެޗް 5 _ 2 ގެ ނަތީއްޖާ އަކުން ފުއްޓަރު ޓީމް ވަނީ ކާމިޔާބް ކޮށްފައެވެ.
ގދ އަތޮޅު ކައުންސިލް އިން މެއިން ސްޕޮންސަރ ކޮށްފައިވާ "ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023" އަކީ ފުޓްސަލް އާއި ވޮލީއަށް ޚާއްސަ ކުރެވިގެން އެރަށު ޒުވާނުންނަށް ކުރިޔަށް ގެންދާ މުބާރާތެކެވެ. އެގޮތުން އަންހެން ޑިވިޝަން އާއި ފިރިހެން ޑިވިޝަން ވަކި، މުބާރާތެއްގެ ގޮތުގައި ރަށުގެ ޓީމުތައް ބައިވެރިވާ ގޮތަށް ފުޓްސަލް އާއި ވޮލީ ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވެއެވެ.
ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ މީޑިއާ ޕާރޓްނާރ އަކަށް ހުވަދޫ މީޑިއާ ހަމަޖައްސާފައިވާއިރު، މި މުބާރާތުގެ ބްރޭންޑިން ޕާރޓްނާ އަށް ރާޅު އާޓްސް އެންޑް ޑިޒައިން ވަނީ ހަމަޖައްސާފައެވެ.


