އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދި ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް ކަށަވަރުކުރުމަށްޓަކައި އެޕާޓީގެ އަސާސީ ޤަވާއިދުގައި ވާގޮތުގެ މަތިން ޕްރައިމަރީ ވޯޓުލުން ވަރަށް ފޯރިއާކު ރާއްޖެއާއި، ރާއްޖެއިން ބޭރުގެ އެކި ކަންކޮޅުތަކުގައި މިއަދު ފަށައިފިއެވެ.
މިއަދު 14:30 އިން ފެށިގެން ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ދިވެހިން ދިިރިއުޅޭ އެކި ޤައުމުތަކުގައިވެސް އޮންލައިންކޮށް އަންނަނީ ވޯޓު ލަމުންނެވެ.
އެގޮތުން މިހާތަނަށް ޑިމޮކްރެޓްސްގެ ބާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި، އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބާއި އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ ވޯޓު ލައްވާފައެވެ.
އިލްޔާސް ލަބީބަށް ޕްރއިމަރީ އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވަނީ އެ ޕާޓީގެ ޖުމްލަ މެންބަރުންގެ މެދުގައި ނެގޭ ވޯޓުގެ 10 އިން ސައްތަ އެވެ.

