ނަޑެއްލާ ކައުންސިލް ސްޕޯރޓްސް ފިއެސްޓާ 2023 ގެ ފިރިހެން ފުޓްސަލް ގައި ސްޓަރައިކާސް ވަނީ ފަސޭހަކާމާއި އެކު ފުއްޓަރު ޓީމް ބަލިކޮށްފިއެވެ.
ގދ. ނަޑެއްލާ ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗްގައި ބައްދަލުކުރީ ފުއްޓަރު ޓީމާއި އާއި ސްޓަރައިކާސް ޓީމްއެވެ. މެ މެޗް 6 _ 1 ގެ ނަތީއްޖާ އަކުން ސްޓަރައިކާސް ޓީމް ވަނީ ކާމިޔާބް ކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފްގައި ފުއްޓަރު ޓީމުން 1 ގޯލު ޖަހާފައި އޮއްވާ ސްޓަރައިކާސް އިން ވަނީ ދެވަނަ ހާފުގައި 6 ގޯލު ޖަހާ މެޗު ކޮންޓްރޯލް ކޮށްފައެވެ.
ގދ އަތޮޅު ކައުންސިލް އިން މެއިން ސްޕޮންސަރ ކޮށްފައިވާ "ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023" އަކީ ފުޓްސަލް އާއި ވޮލީއަށް ޚާއްސަ ކުރެވިގެން އެރަށު ޒުވާނުންނަށް ކުރިޔަށް ގެންދާ މުބާރާތެކެވެ. އެގޮތުން އަންހެން ޑިވިޝަން އާއި ފިރިހެން ޑިވިޝަން ވަކި، މުބާރާތެއްގެ ގޮތުގައި ރަށުގެ ޓީމުތައް ބައިވެރިވާ ގޮތަށް ފުޓްސަލް އާއި ވޮލީ ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވެއެވެ.
ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ މީޑިއާ ޕާރޓްނާރ އަކަށް ހުވަދޫ މީޑިއާ ހަމަޖައްސާފައިވާއިރު، މި މުބާރާތުގެ ބްރޭންޑިން ޕާރޓްނާ އަށް ރާޅު އާޓްސް އެންޑް ޑިޒައިން ވަނީ ހަމަޖައްސާފައެވެ.


