ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވަނީ ވިލިނގިލީގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ހާމަކޮށްފައެވެ.
މިއަދު މީޑިއާ މައުލޫމާތު ދެއްވަމުން ފުލުހުން ހާމަކުރި ގޮތުގައި ވިލިނގިލީގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އެއިދާރާއަށް ރިޕޯޓުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
އަދި އެ އަންހެން މީހާއަކީ އުމުރުން 22 އަހަރުގެ އަންހެނެއް ކަމަށާއި، މިމައްސަލަ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށްވެސް އެ އިދާރާއިން ވަނީ މައުލޫމާތުދީފައެވެ.

