ނަޑެއްލާ ކައުންސިލް ސްޕޯރޓްސް ފިއެސްޓާ 2023 ގެ ފިރިހެން ފުޓްސަލްގައި މިރޭ ބައްދަލުކުރި ފުއްޓަރު އަދި ދަ ސްޕީޑް ކުޅުނު މެޗުން ފުއްޓަރު އަށް ފަސޭހަކަމާއިއެކު މޮޅުވެއްޖެއެވެ.
މިމެޗް 11 _ 3 ގެ ނަތީއްޖާ އިން ފުއްޓަރު ކާމިޔާބުކޮށްފައިވާއިރު މި މެޗުގައި ޕްލެޔާރ އޮފްދަ މެޗްއަކަށް ހޮވިފައި ވަނީ ފުއްޓަރު ޓީމުގެ ޒަމްއަތު މުޙައްމަދު އެވެ. މި މެޗުގައި ޒަމްއަތު ވަނީ 4 ގޯލް އެޓީމަށް ކާމިޔާބު ކޮށްފައެވެ.
މީގެ އިތުރުން މުހައްމަދު އަސްއަދު އަދި ނަސީހު ޙަސަންގެ 3 ގޯލްއާއި އިނާޒް ޢަލީގެ 1 ގޯލް އާއި އެކު ޖުމްލަ 11 ގޯލް ފުއްޓަރު ޓީމުން ވަނީ ޖަހައިފައެވެ. މި މެޗުގައި ދަ ސްޕީޑުގެ މޫސާ ރަޝީދު އެޓީމަށް 2 ގޯލް ޖަހާފައިވާއިރު ޝިޒާން ނަޖީބް ވަނީ 1 ގޯލް ޖަހައިފައެވެ.
ގދ އަތޮޅު ކައުންސިލް އިން މެއިން ސްޕޮންސަރ ކޮށްފައިވާ "ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023" އަކީ ފުޓްސަލް އާއި ވޮލީއަށް ޚާއްސަ ކުރެވިގެން އެރަށު ޒުވާނުންނަށް ކުރިޔަށް ގެންދާ މުބާރާތެކެވެ. އެގޮތުން އަންހެން ޑިވިޝަން އާއި ފިރިހެން ޑިވިޝަން ވަކި، މުބާރާތެއްގެ ގޮތުގައި ރަށުގެ ޓީމުތައް ބައިވެރިވާ ގޮތަށް ފުޓްސަލް އާއި ވޮލީ ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވެއެވެ.
ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ މީޑިއާ ޕާރޓްނާރ އަކަށް ހުވަދޫ މީޑިއާ ހަމަޖައްސާފައިވާއިރު، މި މުބާރާތުގެ ބްރޭންޑިން ޕާރޓްނާ އަށް ރާޅު އާޓްސް އެންޑް ޑިޒައިން ވަނީ ހަމަޖައްސާފައެވެ.


