އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ގެ މަންމާފުޅު، ފާތިމަތު ޙަސަން އަވަހާރަވެއްޖެ އެވެ.
ފާތިމަތު ޙަސަން އަވަހާރަވީއިރު ދިރިއުޅުއްވަމުން ގެންދެވީ ރައީސް ޔާމީންގެ ކޮއްކޯފުޅު މުސްލިމާ އަބްދުލް ޤައްޔޫމް އަރިހުގައި ސްރީލަންކާގައެވެ.
ނ.ވެލިދޫއަށް އުފަން ފާތިމަތު ޙަސަން އަވަހާރަވި އިރު ރައީސް ޔާމީންގެ އިތުރުން ފަސް ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވިއެވެ. ފާތިމަތު ހަސަން އަކީ ކުރީގެ ރައީސް މައުމޫންގެ ދޮންމަންމާފުޅުވެސް މެއެވެ.
ޢުމުރުން 80 އަހަރުން މައްޗަށްގޮސްފައިވާ ފާތިމަތު ހަސަން އަވަހާރަވެފައިވަނީ އާލަސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.
ރައީސް ޔާމީން ގެ މަންމާފުޅު ފާތިމަތު ޙަސަން އަވަހާރަވުމާ ގުޅިގެން، އިދިކޮޅު މެންބަރުންނާއި، އެހެނިހެން ސިޔާސީ ފަރާތްތަކުން އަންނަނީ އާއިލާއަށް ތަޢުޒިޔާ ދަންނަވަމުންނެވެ.

