އިސްރާއީލާއި އެކު ގުޅުން ބަދަހި ކުރުމަކީ އާދައިގެ ކަމަށް ސަޢުދީ ޢަރަބިއްޔާއިން ހަދާ ނަމަ ސަރަޙައްދީ ހަމަޖެހުން ގެއްލޭނެ ކަމަށް ބުނެ އީރާނުން ސައުދީ އަށް އިންޒާރެއް ދީފިއެވެ.
އީރާނު ސަރުކާރުގެ ފަރާތުން ހޯމަދުވަހު މިހެން ބުނެފައި މިވަނީ އެޤައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާޞިރް ކަންޢާނީ ކަމަށް ރޮއިޓާސްއިން ބުނެއެވެ.
އީރާނުން މިފަދަ މޭރުމަކުން ވާހަކަ ދައްކާފައި މިވަނީ ސަޢުދީ-އިސްރާއީލު ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރާކަން އެމެރިކާއިން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ޖިއްދާގައި ހުކުރު ދުވަހު އެމެރިކާގެ ސެކިއުރިޓީ އެޑްވައިޒަރާއި، ސައުދީ އޮފިޝަލުންނާއި ދެމެދު ބޭއްވުނު ބައްދަލުވުމުގެ މަޤްޞަދަކީ ސައުދީ-އިސްރާއީލު ގުޅުން ރަނގަޅު ކުރުން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ވިދާޅުވެފައެވެ.

