ގއ. ވިލިގިލީގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ރޭ ކޯޓު އަމުރެއްގެ ދަށުން ވަނީ ތިން ތިން މީހަކު ހައްޔަރުކޮށްފައެވެ.
ވިލިގިލީގައި 22 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވެފައިވަނީ މި މަހުގެ 22 ވަނަ ދުވެހުގެ ރޭގައެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންނެވެ. އަދި އެއީ އުމުރުން 20 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއްގެ އިތުރުން 30 އަހަރުގެ ފިރިހެނއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަދި މައްސަލައާއި ގުޅިގެން އިތުރަށް ބަލްންޖެހޭ ކަންކަން ބަލަމުްދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ޖިންސީ ގޯނާއާއި ފުރައްސާރަ ކުރުމާއި ގުޅޭ ގިނަ މައްސަލަތަކެއް ރާއްޖޭގައި މި ފަހުން އައިސް އިތުރުވަމުންދާ ކަމީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ، ނަމަވެސް މި ފަދަ ކަންކަމާއޮި ގުޅިގެން ހައްޔަރުކުރެވޭ ފަރާތްތަކަށް އެކަީގެންވާ އަދަބުތަކެއް ނުދެވޭ ކަން އެއީ، މުޖުތަމައުގައި މިފަދަ ކަންކަން އިތުރުވުމަަށް ދިމާވާ އެއް މައްސަލައެވެ.

