ކުރީގެ ރައީސް ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތި ލުމަށް ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒަށް ހުށަހަޅާފިއެވެ.
ޔާމީންގެ ފޯމް އީސީގެ މެމްބަރުން ހަވާލުވެވަޑައިގެން ވިދާޅުވީ ފޯމުގެ މައުލޫމާތު ދިރާސާކުރުމަށް ފަހު 24 ގަޑިއިރު ފުރިހަމަވުމުގެ ކުރިން ޖަވާބު ދޭނެ ކަމަށެވެ. އިލެކްޝަންގެ ގާނޫނުގައި އޮންނަނީ ކެންޑިޑެސީ ބަލައިގަތް ކަން ނުވަތަ ނޫން ކަން 48 ގަޑިއިރުގެ ތެރޭގައި އަންގަން ޖެހޭނެ ކަަމަށެވެ. ނަމަވެސް މިއަދު ހަވީރު 6 އެއްގެ ކުރިން ޖަވާބެއް އަރުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ހަބީބް އިތުރަށް ވިދާޅުވި ގޮތުގައި ޕީޕީއެމުން ހުށަހެޅީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ފޯމު ކަމަށް ވާތީ ލަސްކުރުމުގެ އެއްވެސް ނިޔަތެއް ނުގެންގުޅޭނެކަމަށެެވެ. އަދި މިއަދު މިއިީ ކުރިޔަށް އޮތް އިންތިޙާބަށް ކުރިމަތިލި ފުރަތަމަ ކެންޑިޑޭޓެވެ.

