ނަޑެއްލާ ކައުންސިލް ސްޕޯރޓްސް ފިއެސްޓާ – އަންހެން އަދި ފިރިހެން ފުޓްސަލްގެ ފައިނަލް މެޗުތައް މިރޭ ކުޅޭނެއެވެ.
ގދ އަތޮޅު ކައުންސިލް އިން މެއިން ސްޕޮންސަރ ކޮށްފައިވާ ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023 ގެ ފައިނަލް ގައި ބައްދަލު ކުރާނީ އަންހެން ޑިވިޝަންގައި ނަޑެއްލާ ސްޕޯރޓްސް އާއި ނުރައްކާ ޓީމެވެ. މި މެޗް ކުޅޭނީ މިރޭ 20:15 ގައެވެ.
ފިރިހެން ޑިވިޝަން ގައި ބައްދަލު ކުރާނީ ނަޑެއްލާ ސްޕޯރޓްސް އާއި ސްޓަރައިކާސް ކްލަބްއެވެ. މިމެޗް އޮންނާނީ 21:30 ގައެވެ.
ގދ އަތޮޅު ކައުންސިލް އިން މެއިން ސްޕޮންސަރ ކޮށްފައިވާ "ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023" އަކީ ފުޓްސަލް އާއި ވޮލީއަށް ޚާއްސަ ކުރެވިގެން އެރަށު ޒުވާނުންނަށް ކުރިޔަށް ގެންދާ މުބާރާތެކެވެ. އެގޮތުން އަންހެން ޑިވިޝަން އާއި ފިރިހެން ޑިވިޝަން ވަކި، މުބާރާތެއްގެ ގޮތުގައި ރަށުގެ ޓީމުތައް ބައިވެރިވާ ގޮތަށް ފުޓްސަލް އާއި ވޮލީ ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވެއެވެ.
ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ މީޑިއާ ޕާރޓްނާރ އަކަށް ހުވަދޫ މީޑިއާ ހަމަޖައްސާފައިވާއިރު، މި މުބާރާތުގެ ބްރޭންޑިން ޕާރޓްނާ އަށް ރާޅު އާޓްސް އެންޑް ޑިޒައިން ވަނީ ހަމަޖައްސާފައެވެ.


