މާލެ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބް ރައިސްކަމުގެ މަގާމުގައި ހުންނެވި މުއިއްޒު ދާދި ދެންމެއަކު ވަނީ ޕީއެންސީ އަށް ސޮއި ކޮށްފައެވެ.
އަންނަ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީން ވާދަކުރަން އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކުރިތާ މާގިނަ އިރުތަކެއްނުވެ ޕީޕީއެމްގެ ނައިބް ރައިސްކަމުގެ މަގާމުގައި ހުންނެވި މުއިއްޒު ސޮއިކޮށް ކުރިޔަށް އިންތިހާބުގައި ވާދަކުރުމަށް ކެމްޕެއިން ފަށައިިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވިއްޖެނަމަ، ބަދަލުގައި އިދިކޮޅުން ނެރޭ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަ ކުރައްވަން މިހާތަނަށް އިޢުލާން ކޮށްފައިވަނީ މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު، އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

