މަޢުލޫމާތު ލިބިފައިވާގޮތުގައި ޑރ. މުޢިއްޒު ވާނީ ޕްލޭން ބީއަށްތޯ ސީއަށްތޯ ނިންމުމާއިމެދު ޕީޕީއެމް/ޕީއެންސީން އަންނަނީ މިއަދު މަޝްވަރާތަކެއް ކުރަމުންނެވެ. އަދި އެ މަޝްވަރާތަކުގެ ނިންމުން މިއަދު ހާމަކުރާނެކަމަށް ބެލެވެއެވެ.
ޑރ. މުޢިއްޒަކީ ޕްލޭން ސީކަމަށް ބުނެފައިވަނީ ރައީސް ޔާމީންގެ ކެންޑިޑަސީ ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އިރު އެ މައްސަލަ ރައީސް ޔާމީނާއި ދެކޮޅަށް ނިމި ކެންޑިޑަސީ ނުލިބޭ ޙާލަތަކަށް ގޮސްފިނަމަ ޕީޕީއެމްއިން އިތުރު ކެނޑިޑޭޓަކު ނެރުމަށް ފުރުޞަތު ދިނުމަށް ޙުކުމެއް ނެރެދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލައިގެ ޝަރީޢަތުގައި އެދުނު ހިސާބުންނެވެ.
އެހެން ނަމަވެސް ޕީއެންސީ އިން ކެންޑިޑޭޓަކު ނެރެން ނިންމީވެސް ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ޙާލަތަކަށް ބަލާފައި ރައީސް ޔާމީންގެ ލަފާގެމަތިންކަން ފާހަގަކޮށްލެވެއެވެ. ޑރ. މުޢިއްޒު މިހާރު ދަނީ ރަނިންމޭޓަކާއި އިންތިޚާބީ އޭޖެންޓަކު އިއުލާނު ކުރައްވައި ކެންޑިޑަސީ ފޯމު ހުށަހެޅުމުގެ މަސައްކަތްތައްވެސް ކުރައްވަމުންނެވެ.

