ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމަށް ނިންމި މައްސަލައާއި ގުޅިގެން، އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓްއަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ނިމިފައިވާއިރު، އެމައްސަލައިގެ ހުކުމް މާދަމާގެ ހެނދުނު 10 ޖަހާއިރަށް ތާވަލްކޮށްފިއެވެ.
އިއްޔެ ހަވީރު 16:00 އިން ފަށިގެން ރޭގެ 23:30 އާ ހަމައަށް ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ޕީޕީއެމްއާއި ޔާމީންއާއި އެމަނިކުފާނު ގާނޫނީ ވަކީލުންގެ ޓީމުގެ އިތުރުން، ބަންޑާރަ ނައިބުގެ އޮފީހާއި އިލެކްޝަންސް ކޮމިޝަންގެ ގެ ވަކީލުންގެ ވާހަކަތައް ހުށަހަޅާފައެވެ.
އެ ޝަރީއަތުގެ އަޑުއެހުމުގައި ޔާމީންގެ މައްޗަށް ކޮށް ސާބިތުވެފައިވާ މަނީ ލޯންޑްރީންގް އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިސްތިއުނާފީ އަޑުއެހުންތައް ކުރިއަށް ގެންދަން ފަށާފައިވުމުގެ ސަބަުން، އެމަނިކުފާންއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށް، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމްއިން ވަނީ ތަކުރާރުކޮށް ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ޔާމީންއަށް އިންތިހާޞުގައި ވާދަނުކުރެވޭ ފަދަ ގޮތަކަށް ހާލަތު ތަންދީފި ނަމަ، ޕީޕީއެމްގެ ފަރާތުން އިތުރު ކެންޑިޑޭތްއެއް ނެރުމަށް ފުރުސަތު ތަނަވަސްކޮށްދިނުމަށް އެދި އިލެކްޝަން ކޮމިޝަން (އީސީ)ގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޔާމީންގެ ފަރާތުން ވަނީ ކޯޓުގައި އެދިފައެވެ.
މި މައްސަލާގައި އިއްޔެ ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އީސީގެ ފަރާތުން ފާހަގަކުރެއްވި ގޮތުގައި، ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްގެ އިސްތިއުނާފް ނިނިމި އޮތަސް ހުކުމް ދެމި އޮތްހާ ހިނދަކު އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް ބަލައިނުގަނެވޭނެއެވެ.

