މޯލްޑިވްސް ނޭޗަނަލް ޕާތީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރަނިންގްމޭޓްއަކަށް އައްޑޫ ސިޓީއަށް ނިސްބަތްވާ ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖައްވައިފިއެވެ.
މިކަން އިއުލާންކޮށްފައިވަނީ، މިރޭ ބިލަބޮންގ އިންޓަނޭޝަނަލް ސުކޫލްގައި އެ ޕާޓީން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ނާޒިމްއެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އޭނާގެ ރަނިންގމޭޓް ކަނޑައެޅުމުގައި، ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކާއި، ތައުލީމީ އަދި ފަންނުވެރި ބޭފުޅުންނަށް ބެލި ކަމަށެވެ. އަދި އަބަދުވެސް އަމާޒަކީ ރާއްޖެއަށް އަދަށްވުރެ ފަހި މާދަމާއެއް ހީދައި ދިނުން ކަމަށާއި، ގައުމު ހަމަ މަގަށް އެޅުވެނީ، ފަންނުވެރި ތައުލީމީ ފަރާތްތައް ނެރެގެން ކަަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
“އަދި އަޅުގަނޑުމެންގެ ޓީމަކީ ތައުލީމީ ފަސްބައިގައި ކިލަނބު ކަމެއް ނެތް، ހުރިހާ ކަމެއް އަޅުގަނޑުމެންގެ އަމަަލާއި ބަސް ދިވެހި ގައުމަށް އިސް ކުރަން ޖެހޭނެ”.
އަދީލްއަކީ ސްކޫލް މެނޭޖްމަންޓްގެ ދާއިރާ އިން ޔުނިވާސިޓީ އޮފް މެލޭޝިއާގައި މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ. އަދި ބްރޫނާއީގައި ރައީސްގެ ހާއްސަ ސްކޮލާޝިޕެއްގެ ދަށުން ޔިނިވާސިޓީ އޮފް ދާރުއްސަލާމުގައި ޑރ. ފިލޯސަފީ އެޑިއުކޭޝަން ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އާދިލް ވަނީ އައްޑޫ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލްކަން ވެސް ކުރައްވާފައެވެ. އަދި އެ ސިޓީގެ ހައި ސްކޫލާއި މެދުވަލު ސްކޫލާއި ސ. އަތޮޅު ތައުލީމީ މަރުކަޒާއި އައްޑޫ އިސްލާމިއްޔާ ސްކޫލްގައިވެސް އާދިލް ވަނީ މަސައްކަތް ކުރައްވާފައެވެ. އަދި އެކި އެކި ޔުނިވާސިޓީތަކުގައި ވިޒިޓިންގ ލެކްޗަރާއެއްގެ ގޮތުގައިވެސް މަަސައްކަތް ކުރައްވާފައި ވެއެވެ.
“ސަރުކާރުގެ މަތީ މަގާމުތަކުގައި ތައުލީމީ ގާބިލް ބޭފުޅުން ނެތުން، އެހެންކަމުން އަޅުގަނޑުގެ ރަނިންމޭޓެއްގެ ގޮތުގައި އަޅުގަނޑު ކަނޑައެޅީ ތައުލިމީ ދާއިރާގައި 25 އަހަރު ހޭދަކޮށްފައިވާ ފަންނުވެރި ގާބިލް ބޭފުޅެއް”. ނާޒިމް ވިދާޅވުިއެވެ.
ނާޒިމް އަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ، ރާއްޖޭގެ ބޯހިޔާވެހިކަމަށް ދިމާވެފައިވާ މައްސލަަތައް ހައްލުކޮށްދީ، ޒުވާނުންނަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ވަނީ ވައުދުވެފައެވެ.

