އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީނު އެދިވަޑަައިގެންނެވުމުން އެކަމާ ބަހުސްކުރަން ޕީޕީއެމްގެ އޮފީހުގައި، އެ ޕާޓީގެ ސެނެޓުން މިއަދު ބޭއްވި ބައްދަލުވުން ހޫނުވެ، ހަމަނުޖެހުމަކަށް ބަދަލު، އެތާގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެ ބައްދަލުވުން ހޫނުވީ ޔާމީނުގެ ހުށަހެޅުއްވުމާ މެދު ބަހުސް ނުކޮށް ވޯޓަށް އަހަން ޔާމީނުގެ ސަޕޯޓަރުން އެދުމުން، އެކަމާ ބައެއް ސެނެޓަރުން ދެކޮޅު ހެދުމުންނެވެ. ބައެއް ސެނެޓަރުން އެދުނީ އިންތިހާބު ބޮއިކޮޓްކުރުމާ މެދު ވޯޓަށް އެހުމުގެ ކުރިން އެކަމާ ބަހުސްކުރުމަށެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ޕީޕީއެމް ސެނެޓް މެމްބަރުންގެ ބައްދަލުވުމެއް ޕީޕީއެމް އޮފީހުގައި ކުރިއަށް ދަނިކޮށް އެ ތަނަށް އިތުރު ބަޔަކު ވަދެފައިވާ މައްސަލަ ޕީޕީއެމުން ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ފުލުހުން ދަނީ ޕީޕީއެމް އޮފީސް ކައިރީ ހަރަކާތްތެރިވަމުންނެވެ. އަދި އެކަމާއި ގުޅޭ އިތރު ތަފްސީލެއް އެބޭފުޅުން ދީފައެއް ނުވެއެވެ.
ނަމަވެސް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުލުހުން އޮފީސްތެރެއަށް ނުވެއްދުމަށް ބައެއް އާންމު ފަރާތްތަކުން އަންނަނީ މަސަަކަތް ކުރަމުންނެވެ. އަދި އާންމުންގެ ބައެއް ފަރާތްތަކުން އެ އޮފީސްތެރެއަށް ވަދެފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

