އަަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަުގައި ކުރީގެ ރައީސް ޔާމީންއަށް ބައިވެރިވެވަޑައިނުގަނެވޭނެ ކަމަށް މިއަދު ސުޕްރީމް ކޯޓުއިން ކުރި ހުކުމްއާއި ގުޅިގެން، އެ ޕާޓީން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން ހުށަހެޅުއްވި ހުށަހެޅުއްވުން ފާސް ނުކުރެވޭނެ ކަމަށް ޕީއެންސީގެ ފަރފާތުން ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޢިއްޒުގެ ސަޕޯޓަރުންނާއި މުއިއްޒުގެ އަރިސް ބޭފުޅުން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ އެ އދިލެއްވުމަށް ގޮތެއް ނިންމެވުމަށް ޕީޕީއެމްގެ ސެނެޓުން މިހާރު ކުރިއަށްދާ ބައްދަލަުވުން ހޫނުވެ ފުލުހުންވެސް ވަނީ އެ ހިސާބުގައި ހަރަކާތްތެރިވާން ފަށާފައެވެ.
ނަމަވެސް، މިހާރު އަނެއްކާވެސް ބައްދަލުވުން ފެށިގެން ކުރިއަށް ދާކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.
މުއިއްޒުގެ އަރިސް ބޭފުޅަކި ރފާއްޖޭގެ މީޑިއާއަކަށް ދީފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުން، އިންތިހާބު ބޮއިކޮޓް ކުރުމަަށް ސެނެޓުން ފާސްނުކުރާނެއެވެ. އަދި ސެނެޓުގެ އަގުލަބިއްޔަތު މުއިއްޒުއާއި އެއްކޮޅަށް އޮތްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ކުރީގެ ރައީސް ޔާމީންގެ ކެންޑިޑެސީއާ ގުޅޭ ގޮތުން މިއަދު ސުޕްރީމް ކޯޓުން ނިންމީ، އެމަނިކުފާނަކީ 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅެއްކަމުން ޝަރުތުހަމަނުވާ ކަމަށެވެ. އަދި އެމަނިކުފާނަށް ޑިސެމްބަރު 25، 2022 ގައި ކުރި ހުކުމުގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ކަނޑައަޅާފައިވީ ނަމަވެސް އެ ފައިސާ ނުދައްކާތީ، ސާބިތު ދަރަންޏެއް އޮތް ކަމަށް ވެސް ކޯޓުން ކަނޑައެޅި އެވެ.
ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަސް ނުވުމާއި އެމީހެއްގެ މައްޗަށް ސާބިތު ދަރަންޏެއް ނެތުމަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ ޝަތުރުތަކުގެ ތެރެއިން ދެ ޝަރުތެވެ.

