އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންއަށް ވާދަ ނުކުރެވޭނެ ކަމަށް މިއަދު ސުޕްރީމް ކޯޓްއިން ހުކުމް ކުރުމާއި ގުޅިގެން، ޕީޕީއެމްއިން ރިޔާސީ އިންތިހާޞު ބޮއިކޮޓް ކުރުމަށް ޔާމީން އެދުނު ނަމަވެސް، އެ ޕާޓީގެ ސެނެޓްއިން އިންތިހާބު ބޮއިކޮޓްކުރުމަށް ފާސްނުވިއެވެ.
މިހާރު ކުރިއަށް ދާ އެ ސެނެޓްގެ ބައްދަލުވުމުގައި، އިންތިހާބު ބޮއިކޮޓް ކުރުމަށް 46، މެންބަރުން ވޯޓް ދެއްވި އިރު، އިންތިހާބުގައި ބައިވެރިވުމަށް 67 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާމީން ޕީޕީއެމްއަށް ފޮނުއްވި ނޯޓުގައި އެދިވަޑައިގެންފައިވަނީ، އެ،ަނިކުފާނުގެ އިންތިހާބީ ހައްގު ނިގުޅައިގަނެފައިވާ ކަމަށް ސެނެޓްއަށް ގަބޫލުކުރެވޭނަމަ، އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ކެންޑިޑެސީއާ ގުޅޭ ގޮތުން މިއަދު ސުޕްރީމް ކޯޓުން ނިންމީ، އެމަނިކުފާނަކީ 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅެއްކަމުން ޝަރުތުހަމަނުވާ ކަމަށެވެ. އަދި އެމަނިކުފާނަށް ޑިސެމްބަރު 25، 2022 ގައި ކުރި ހުކުމުގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ކަނޑައަޅާފައިވީ ނަމަވެސް އެ ފައިސާ ނުދައްކާތީ، ސާބިތު ދަރަންޏެއް އޮތް ކަމަށް ވެސް ކޯޓުން ކަނޑައެޅި އެވެ.
ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަސް ނުވުމާއި އެމީހެއްގެ މައްޗަށް ސާބިތު ދަރަންޏެއް ނެތުމަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ ޝަތުރުތަކުގެ ތެރެއިން ދެ ޝަރުތެވެ.

