އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި، އަމިއއްލަ ގޮތުން ވާދަކުރުމަށް ނިންމާފައިވާ ކަމަށް އަހުމަދު ފާރީޝް މައުމޫން ރަސްމީކޮށް އިޢުލާންކުރައްވައިފިއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފާރިޝް ފުރަތަމަ ނިންމާފައިވަނީ އެމްއާރުއެމްގެ ޓިކެޓުގައި ވާދަކުރުމަށެވެ. ނަމަވެސް، ގާނޫނުގައި ބުނާ އަދަދަށް އެ ޕާޓީގައި މެންބަރުން ހަމަނުވާ ކަމަށްބުނެ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އެމްއާރުއެމް އުވާލަން ނިންމާފައެވެ.
ޓުވިޓަރ މެދުވެރިކޮށް އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރުމަށްފަހު، ފާރިޝް ވިދާޅުވީ، އެފަދައިން ނިންމެވީ، ރައްޔިތުން އެދޭ ގޮތުގެ މަތީން، ރާއްޖޭގެ ކަންކަން އިސްލާޙު ކުރުމުގެ މަގުސަދު ކަމުގައި ކަމަށެވެ.
https://twitter.com/afarismaumoon/status/1688168002108489728?s=20
ފާރިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމެވިއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވެސް ކޯލިޝަން ހެދުމުގެ ދައުވަތު އެމްއާރުއެމަށް ދެއްވައިފަ އެވެ.
ނަމަވެސް، މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އެމްއާރުއެމުން ވަނީ އެ ދައުވަތު ގަބޫލުނުކުރަން ނިންމައިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމް އުވާލަން ނިންމި ނަަމަވެސް، އެ ޕާޓީގެ ފަރާތުން، އެ މައްސަލަ ކޯޓްއަށް ހުށަހެޅުމުން، ޕާޓީ އުވާލުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށް ސިވިލް ކޯޓްއިން ވަނީ އީސީގެ މައްޗަށް އަމުރުކޮށްފައެވެ. އޭގެ ފަހުން އެ ނިންމުން މުރާޖައާ ކުރަން، އެ ކޮމިޝަނަށް ހުށަހެޅުމުންވެސް މައްސަލަ ނިމިފައިވަނީ ކޮމިޝަނާއި ދެކޮޅަށެވެ.

