އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވި ރައީސް އިނބްރާހިމް މުހައްމަދު ޞާލިހްއާއި، ރިޔާސީ ހަރަކާތުގައި އަލަށް މަސައްކަތްކުރަން ފެށި އެމްއެންޕީގެ ކެނޑިޑޭޓް މުހައްމަދު ނާޒިމްގެ ކެންޑިޑެސީ ފޯމް އީސީއިން ގަބޫލުކޮށްފިއެވެ.
އީސީގެ ނައިބު ރައީސް ހަބީބު މިރޭ ވިދާޅުވި ގޮތުގައި، އެ ދެބޭފުޅުންގެ ފޯރމް އީސީއިން ބަލައިގަތީ، އޭގައިވާ މައުލޫމާތުތަކާއި، އަދި އެއްކޮށް ހުށަހެޅި ލިޔެލކިޔުންތައް ބަލައި ޗެކު ކުރުމަށް ފަހުގައި ގާނޫނުގައި އޮންނަ ގޮތުގެ މަތީން ކަމަށެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު މާދަމާއަށް ހަމަވާއިރު ، މިފަހަރުގެ އިންތިހާބުގައި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ތިން ޕާޓީއަކުން ވަނީ މިއަދު އީސީ އަށް ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފައެވެ. އެގޮތުން، ފޯމް ހުށަހަޅުއްވާފައިވަނީ އެމްޑީޕީ، އެމްއެންޕީ ގެ އިތުރުން ރައީސް ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ޕާޓީ ދަ ޑިމކޮރެޓްސް ގެ ރިޔާސީ ކެންޑިޑޭޑް އަދި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
އެގޮތުން އެމްއެންޕީއާއި އެމްޑީޕީގެ ފޯމް އީސީއިން ބަލައިގެންފައި ވީ ނަމަވެސް، ދަ ޑިމޮކްރެތްސްއިން ހުށަހަޅުއްވާފައިވާ ފޯމް އީސީން ގަބޫލުކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބަުގްއި ވާދަކުރުމަށް އެންމެ ފުރަތަމަ ފޒޮމް ހުށަހެޅުއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ރިޔާސީ އިންތިހާބުގައ ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުއިން ވަނި ހުކުމް ކޮށްފައެވެ.
އަދި މި އާއިއެކު، މީގެ ކުރިން ރައީސް ޔާމީންއަށް އިންތިހާބަުގއި ބައިވެރި ނުވެވޭ ފަދަ ގޮތަކަށް ކަންކަން ދިމާވެއްޖެނަމަ، އެޕާތީން އެހެން ކެނޑިޑޭޓްއެއް ނެރ ދިނުމަށް މަގު ފަހި ކޮށްދިނުމަށް ރައީސް ޔަމިންގެ ފަރާތުން އެދިފައި ވީނަމަވެސް، މިއަދު ކުރި ހުކުމާއި އެކު، ޔާމީން ވަނީ ޕީޕީއެމްއިން ރިޔާސީ އިންތިހާބު ބޮއިކޯޓް ކުރުމަށް އެ ޕާޓީގެ ސެނެޓް ގައި ހިމެނިވަޑައިގަންނަވާ ފަރާތްތަކުގެ ކިބައިން އެދިފައެވެ.
އަދި ޔާމީންގެ ޕްލޭން ސީގައި ހުންނެވި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭތް އަދި މާލޭގެ މޭޔަރު މުއިއްޒު މާދަމާ އިންތިހާބަުގއި ބައިވެރިވެވަޑައިގެންނުވަމށް ފޯމް ހުށަހަޅަން ވަނީ ނިންމާފައެވެ.
މީގެ އިތުރުން ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ފޯމް މާދަމާ ހެނދުނު 11:00 ގައި އީސީއަށް ހުށަހަޅަން ނިންމާފައިވާކަން ވަނި އިއުލާންކޮށްފައެވެ.

