އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ، ރިޔާސީ އިންތިހާބުގެ ކެޕްމެއިންގައި މިހާރު ހުވަދޫ އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން، މިއަދު ހެނދުނު ގދ. ތިނަދޫ އާއި މަޑަވެލީއަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ޞޯލިހް ދެއްކެވި ވާހަކުފުޅަށް، މަޑަވެލި ދާއިރާގެ މަޖިލީސް މެންބަރު، ހުސެއިން ފިރުޝާން ފާޑު ވިދާޅުވާއްޖެއެވެ.
ފިރުޝާން ވިދާޅުވި ގޮތުގައި، ރައީސް ޞޯލހް އެ ރަށްތަކަށް ގޮސް ވެ ވަޑައިގެންނެވި ވައުދުތަކަކީ، އެމަނިކުފާނު 2018 ވަނަ އަހަރުގެ އިންތިހާބަށްވެސް ވެ ވަޑައިގަތް ވައުދުތަކެވެ.
“ބައްލަވާ، ތި ވިދާޅުވި ވައުދު ތަކަކީ، 2018 ގައިވެސް ވި ވައުދުތައް. ބިންހިއްކުން ނުފެށުނު. އައިސް ޕްލާންޓް ނުފެށުނު. އޭޓީއެމްއެއް ގާއިމްނުކުރެވުން. ހައުސިންގެ މައްސަލައަސް ހައްލެއް ހޯދައި ނުދެވުން. ” ފިރުޝާންގެ މީސްމީޑިއާގެ ޕޯސްޓްއެއްގައި ވިދާޅުވިއެވެ. ރައީސާ އިބްރާހިމް މުހައްމަދު ސޯލިހް މަޑަވެއްޔަށް ވަޑައިގަތުމުން އެރަށުގެ އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް އާއި ދެކޮޅަށް މުޒާހަރާ ކޮށް އަޑު އުފުލާއެވެ.
މަޑަވެލީ ގައި މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެން ބޭއްވި ޖަލްސާ ގައި ވަނީ އަންނަ ދައުރުގައި މުޅި ރާއްޖެއަށް ކޮށްދެއްވާނެ ގިނަ ވައުދު ތައް ހާމަ ކުރައްވާފައެވެ.
މި ދަތުރުގައި ރަށުގައި ޤާއިމު ކުރި ފެނުގެ ނިޒާމު އިފުތިތާހުކުރައްވާ ސިއްޚީ މަރުކަޒަށް އަލަށް އިތުރު ކުރެވުނު އިމާރާތް ހުޅުވައި ދެއްވިއެވެ.
މީގެ އިތުރުން، ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ގދ މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ރޭ އަލިފާން ރޯވެ އެއްކޮށް އަނދައި ހުލިވުމުގެ ސަބަބުން އެ ތަނުގައި ބާއްވަން އުޅުނު ޖަލްސާ ވަނީ ބަނދަރު މައްޗަށް ބަދަލު ކޮށްފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވި ތަނުގައި ހުރި ވަރަށް ގިނަ ތަކެއްޗަށް ވެސް ވަނީ ގެއްލުންވެފައެވެ. އަދި އެތަނަށް ގެންގޮސްފައި ތިބި އެކި މީހުންގެ ތަކެއްޗާއި އެ ޕާޓީގެ ބައެއް ތަކެތި ވަނީ އެއްކޮށް ރޯވެ އަނދައިފައެވެ.
މި ހާދިސާ ހިނގާފައި ވަނީ ފަތިހު 05:30 އެހާ ކަން ހާއިރު ކަމަށް އެރަށުން މައުލޫމާތު ލިބެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ހުވަދު އަތޮޅަށް މިއަދު ފައްޓަވާ ދަތުރުފުޅުގައި މަޑަވެއްޔަށް ވަޑައިގަންވަން އޮތީ ހެނދުނު 9 ޖަހާއިރު އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޑަވެއްޔަށް ވަޑައިގެން
ރައީސްގެ ޖަލްސާ ބާއްވަން ތައްޔާރު ކުރި ތަނުގައި އަލިފާން ރޯވީ މައްސަލަ ފުލުހުން ގެންދަނީ މިހާރު ބަލަމުން ނެވެ. މިހާތަނަށް މިކަން ހިނގާފައިވާ ގޮތުގެ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.
އަދި މި ކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ވާ ކަމުގެ މައުލޫމާތެއް ވެސް ނުލިބެއެވެ. މި ކަމާ ގުޅިގެން ބައެއް މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެ ކެމްޕޭން ޖަލްސާ ބާއްވާ ތަން ވަނީ ރޯ ކޮށް އަންދާލާފައެވެ. އަދި އެކަމެއް ކޮއްފައިވަނީ އެ ތަނުގެ ތެރޭގައި ފަތިހު 4 ޖަހަންދެން ތިބުމަށް ފަހު ގެއަށް ދިޔަ ގަޑީގައެވެ.
ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ޙަސަން ވިދާޅުވީ ރޭ ފަތިހު ހިގައިދިޔަ ކަމަކީ ބަޔަކު ގަސްތުގައި ކޮއްފައި ވާ ކަމެއް ނަމަ އެއީ ވަރަށް ދެރަ ކަމެއް ކަމަށާއި އެހެން ކަމަށް ވާނަމަ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
ރައީސް ފިޔާޒް ވިދާޅުވީ މީގެ ކުރިން ދުވަހަކުވެސް އެ ރަށުގައި ސިޔާސީ ކަމެއްގައި ނުވަތަ އެހެން ކަމަކާ ގުޅިގެން ދުވަހަކުވެސް އަލިފާން ރޯ ކޮށް ހަދާފައި ނެތް ކަމަށެވެ.
ގދ މަޑަވެއްޔަކީ އެމްޑީޕީ އަށް ވުރެ ޕީޕީއެމްގެ ތާއީދު ވަރަށް ބޮޑު ރަށެކެވެ.

