"ދިވެހިންގެ ޖަގަހަ" ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕެއިން ޖަގަހަ މިރޭ ހުޅުވައިފިއެވެ.
އެ ޖަގަހަ ހުޅުވާފައިވަނީ މިރޭ އެކަމަށް ޚާއްޞަކޮށްގެން ކާނިވާ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޑރ. މުއިއްޒުގެ ކެމްޕެއިން ޖަގަހަ ހުޅުވާފައިވަނީ ކާނިވަލުގައި ހުންނަ ސްކައިވިއު ގްރައުންޑް ފްލޯގައެވެ.
" ދިވެހީންގެ ޖަގަހަ " ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. #Vote4Muizzu#DrMuizzuSembe2023#DhiveheengeRaajje #FreePresidentYameen pic.twitter.com/VB1bvNlJUk
— Khulaasaa News (@khulaasaanews) August 10, 2023
ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޕީޕީއެމް ޕީއެންސީގެ އިސް ލީޑަރުން އަދި ސެނެޓް މެމްބަރުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒުގެ ކެމްޕޭން ޖަގަހަ ރަސްމީކޮށް މިރޭ ހުޅުވާފައިވާއިރު މިއަދު ހަވީރު ޑރ. މުޢިއްޒުގެ ޑޯ ޓު ޑޯ ކެމްޕެއިންވެސް ވަނީ ފަށާފައެވެ. އެގޮތުން މިއަދު ޑރ. މުޢިއްޒު ޒިޔާރަތްކުރެއްވީ ހުޅުމާލޭ ދެވަނަ ފިޔަވަހީ ހިޔާ ފުލެޓުތަކަށެވެ.
މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން އަތޮޅުތަކަށް ކުރާ ކެމްޕޭން ދަތުރުތައް ހޮނިހިރު ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ.

