ދުނިޔޭގެ އެކި ކަންކޮޅުގައި ތައްޔާރު ކޮށް އާންމުންގެ މަޤްބޫލުކަން ހޯދާ ތަފާތު އުފެއްދުންތައް ރާއްޖެއަށް ތައާރަފު ކުރުމަކީ ދިވެހި ފަންނުވެރިންގެ ވަރަށް ޤާބިލު ސިފައެކެވެ. އޭގެ ތެރޭގައި ތަފާތު މީރު ރަހަދޭ، އަނގަޔަށް މީރު ދިރުވާލަން ފަސޭހަ ކާބޯތަކެތީގެ ބާވަތްތައް ރާއްޖޭގައި އުފައްދާ އާ ޚިދުމަތެއްގެ ގޮތުގައި ފެށުމަކީ ދިވެހި މުރާލި ކަނބަލުން ވަރަށް ފަރިތަ ކަމާއި އަމިއްލަ އުފެއްދުންތެރިކަމާއެކު ކުރާ ކަމެކެވެ.
ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫއަށް އުފަން ރިޝްްތާ އަލީ އޭނާގެ އުފަން ރަށަށް ތައާރަފު އެ ކުރީ މި ދެންނެވުނު ފަދަ ތަފާތު ކޭމެކެވެ. "ސްވީޓް ލައިކް ސިނަމަން" ނަމުގައި ބްރައުނީ ހަދައި ވިއްކުމެވެ.
ދުނިޔޭގެ މަގުބޫލު ޑެޒާރޓެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ބްރައުނީ އަށް ހާއްސަ އޮންލައިން ފިހާރައެއް މިހާރު ވަނީ ހުޅުވާލާފައެވެ.
ކޭ އާރް އޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިންގަން ފެށި މ އޮންލައިން ފިހާރަ އަކީ ތިނަދޫ އަށް ޚާއްސަ ކޮށް ފެށި ކަމެކެވެ މި ހިނގާ އޮގަސްޓް މަހުގެ 1 ވަނަ ދުވަހު ގދ ތިނަދޫ ގައި ފެށި މި ފިހާރައިގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އާދީއްތާ ދުވަސްނޫން ކޮންމެ ދުވަހަކު މެންދުރު 2 ގަޑި ސުންމިނުޓުން ރޭގަނޑު 10 ކަށެވެ. ބްރައުނީ ވިއްކުމަށް ހަމަޖެހިފައިވަނީ ސްލައިސް އެއް ވަކީން ކޮންމެ ސްލައިސްއެއް 22ރ އަށެވެ. އަދި 50ރ އިން މަތީގެ ހުރިހާ އޯޑަރެއް ހިލޭ ގެއަށް ޑެލިވަރީ ކޮށްދިނެމުގެ ހިދުމަތްވެސް މި ބްރައުނީ ހައުސް އިން ވަނީ ހަމަޖައްސާފައެވެ.
މިފިޔަފާރި އަކީ އޮންލައިންކޮށް ހިންގާ ވިޔަފާރިއެއް ކަމުން އޯޑަރު ނެގުމަށް ހަމަޖެހިފައިވަނީ އިންސްޓާރގްރާމް ޕޭޖުންނާ ވައިބަރ މެދުވެރިކޮށެވެ. އޯޑަރު ކުރުމަާއި، ފައިސާ ދެއްކުމާއި، ހިލޭ ޑެލިވަރީގެ މުހިންމު މައުލޫމާތު ސްވީޓްލައިކް ސިނަމަންގެ ފޭސްބުކް ޕޭޖުންނާއި އިންސްޓާރގްރާމް ސްޓޯރީ ހައިލައިޓްސްއިން ކިޔާލެވެން ހުންނާނެއެވެ.
ފްރީ ޓޭސްޓިންގެ ނަމުގަ ރަށުގެ އެކި ސަރަހައްދު ތަކުގައި ދުވާލުގެ އެކިވަގުތި މި ބްރައުނީގެ ރަހަ ތަޖުރިބާ ކޮށްލުމަށް ފުރުސަތު ދިނުމަށް ހަރާކާތްތަކެއް ވަނީ ތިނަދޫގައި ހިންގާފައެވެ. އެގޮތުން މި އަހަރުގެ މިނިވަންދުވަހު ތިނަދޫ މިއުސިއަމް ޕާރކުގައި ސްޓޭންޑެއް ބަހައްޓއަިގެން މި ހަރަކާތްވަނީ ކާމިޔާބު ކަމާއިއެކު ބާއްވާފައެވެ.
އަވަސް މުސްތަގުބަލުގައި ބްރައުނީ ކޭކާއި، ބްރައުނީ ޓަަވަރުވެސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްކުރިޔަށް ދާކަމަށް ސްވީޓް ލައިކް ސިނަމަންގެ ފަރާތުންވަނީ ހާމަކޮށްފައެވެ. އަނގަޔަށް މީރު ފޮނި ކާއެއްޗެއް ބޭނުންވާނަމަ ސްވީޓް ލައިކް ސިނަމަން އަކީ މިވަގުތު ހަމަ އެއްވަނައެވެ.

