ހުޅުމާލެއިން 12 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަންފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ގެއްލިގެން ހޯދަމުން ދަނީ ރ.މާކުރަތު/ ގަހާގޯޅޮ، ޢާއިޝާ ބިންތި މަޙުމޫދު ރިޔާޟް އެވެ.
ޢާއިޝާ ގެއްލިގެން އޭނާގެ އާއިލާއިން ރިޕޯޓްކޮށްފައިވަނީ މިއަދުއެވެ.
https://twitter.com/PoliceMv/status/1689530008921063424އޭނާ އެންމެ ފަހުން ފެނިފައިވަނީ، ހުޅުމާލެ ހިޔާ ފްލެޓްގައި އެކުއްޖާ ދިރިއުޅޭ، އެޕާޓްމެންޓުން އޮގަސްޓް ނުވަވަނަ ދުވަހުގައި ކަމަށް އާއިލާއާއި ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.
އަދި މިކުއްޖާ އާއި ބެހޭ އެއްވެސް މައުލުމާތެއް ލިބިއްޖެ ނަމަ، ލަސްނުކޮށް، ފުލުހުންގެ ހޮޓްލައިން، 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9393351 އަށް މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

