ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީ މޭޔަރ ޑރ. މުހައްމަދު މުޢިއްޒު އެ ޕާޓީގެ ރިޔާސީ ކެންޑީޑޭޓްކަން ހޯދީ ކޯލިޝަންގެ ސެނެޓް ގަނެލައިގެން ކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަހުމަދު ދިދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ” އިބޫ އަސްލަމް 2023″ ގެ ހައިސިޔައްތުން ވާހަކަފުޅު ދައްކަވަމަުންނެވެ.
“މުއިއްޒުގެ ކެނޑިޑެންސީ ޔަގީންކުރުމަށްޓަކައި އުޅުނު ގޮތް އަޅުގަނޑުމެން އެންމެންނަށް ފެނުނު. ރައީސް ޔާމީން އެކިގޮތްގޮތަށް ވިދާޅުވެ ހުއްޓާ އަޅުގަނޑުމެނަށް ފެނިގެންދިޔައީ ސެނެޓު ގަނެލައިގެން މުއިއްޒު ނިކުމެވަޑައިގެން ހުންނަވާ ތަން،” މާރިޔާ ވިދާޅުވިއެވެ.
ނޫސް ވެރިންގެ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ އިތުރަށް ވިދާޅުވީ، އިންތިހާބަށް ކުރމަިލުމަށް ފަހު އެއްކޮށްވެސް ފެނިގެންދަނީ، މުއިއްޒު އާއި އެކު، ރައީސް ޔާމީން ހުރިކަމަށް ދައްކަން މުއިއްޒު މަސައްކަތްކުރާ ތަން ކަަމަށެވެ.
މީގެ އިތުރުން ރޭ ޖުމްހޫރި ޕާޓީން ބޭއްވި ބއްދަލުވުމެރއްގައި ވާހަކަ ދައްކަވަމުން، ފަނޑިޔާރުންގެ މުސާރ 75 އިންސައްތައަށް ބޮޑުކުރާނެ ކަމަށް ގާސިމް ވިދާޅުވި ވާހަކައަށް ފާދުކިޔައި ވާހަކަ ދައްކަވާފައެވެ.
އެގޮތުން މާރިޔާ ވިދާލުވީ، ރައްޔިތުންނާށް ފައިދާ ވާނެ ގޮތަކަށް ކަންކަން ކުރުމުުގެ ވިސްނުން ނެތްކަމަށެވެ.
“މެނިފެސްޓޯ ބަލާލާއިރުވެސް ފެންނަނީ ވެރިންނަށް ގެތައް ހައްދަވާނެ ވާހަކައާއި، ރައީސް އާއި ނައިބު ރައީސް ހުންނަވާނެ ގެކޮޅު ތައްޔާރު ކުރައްވާނެ ވާހަކައާއި، ފަނޑިޔާރު ގެތައް އަލުން އަޅުއްވާނެ ވާހަކައާއި، ފަނޑިޔާރުންގެ މުސާރަ ބޮޑު ކޮށްދެއްވާނެ ވާހަކަ. މާ ބޮޑަކަށް ރައްޔިތުންގެ ވާހަކަތައް ދައްކަވާތަނެއް މިއިން އެއްވެސް ބޭފުޅެއް ނުފެނޭ،” މާރިޔާ ވިދާޅުވިއެވެ.

