ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ދީނާއި ޚިލާފު ކަމެއް ކޮށްފިނަަމަ، އެކަމަކަށް އެންމެ އެކަށީގެންވާ ގާނޫނީ ފިޔަވަޅު އަޅާނެކަމަށް، އެ ޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، ރޭ ކުނޫޒުގައި ބޭއްވި އެ ޕާޓީގެ މެނިފެސްޓޯ، ލޯންޗުކުރުމުގެ ޖަލްސާގައެވެ.
“ރާއްޖޭގައި އިސްލާމް ދީނާ ޚިލާފަށް ކަމެއް ކޮށްފިނަމަ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާނަން” ގާސިމް ވިދާޅުވިއެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، އިސްލާމް ދީނާއި ޚިލާފު ކަންކަން ކުރުމުން، އެކަމަށް ފިޔަވަޅު އެޅުން، ވޭތުދިޔަ ފަސް އަހަރުގެ ތެރޭގައި ވަނީ ފަރުވާކުޑަކޮށްފައި ކަމަށެވެ. އަދި އޭގެ ސަބަބުން،
ެާރާއްޖޭގައި ދީނާއި ޚިލާފު އަމަލުތައް ފާޅުގައި ކުރުމާއި މީހުންނަށް ފުރައްސާރަ ކުރުން އާންމު ވެފައިވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. މީގެ އިތުރުން، އޭނާގެ ފައުންޑޭޝަން ކަމަށްވާ “ވިލާ ފައުންޑޭޝަން” އިން މަތީ ތައުލީމު ހާސިލްކުރުމަށް ދޫކޮށްފައިވާ ހުރިހާ ލޯނުތަކެއް މައާފު ކޮށްފައިވާކަން ހާމަކޮށްފައެވެ.
“އެ ހުރިހާ ކުދިންގެ ހުރިހާ ފައިސާއެއް އަޅުގަނޑު މާފު ކޮށްފިން. “އެންމެ ކުއްޖަކު ވެސް ބޮޑު ލާރިއެއް ދައްކާނެ ކަމެއް ނެތް އަޅުގަނޑަށް ވެރިކަން ލިބުނަސް ނުލިބުނަސް،” ގާސިމް ވިދާޅުވިއެވެ.

