އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒު އަދި ރަނިންގމޭޓް ޙުސައިން މުޙައްމަދު ލަޠީފް އާއި އެކު އިދިކޮޅު ލީޑަރޝިޕުން ރިޔާސީ ކެމްޕޭނު ދަތުރުތައް ފައްޓަވައިފިއެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފުރަތަމަ މަންޒިލަކަށްވީ ހދ. ހަނިމާދޫއެވެ.
މި ދަތުރުތަކުގައި މިއަދު ދިއުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ، ނޮޅިވަރަމް އަދި ކުޅުދުއްފުއްޓެވެ. މިރޭ ކުޅުދުއްފުށީގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.
ތިން ދުވަހުގެ ކެމްޕޭނު ދަތުރުގައި ހއ. އަދި ހދ. އަތޮޅުގެ ޖުމުލަ 11 ރަށަކަށް ޑރ. މުޢިއްޒު އާއި އިދިކޮޅު ލީޑަރުން ވަޑައިގަތުމަށް ވަނީ ނިންމަވާފަ އެވެ.

