ރައީސް އިބްރާހިމް މުހައްމަދު ޞޯލިހް ކުޅުއްވަމުން ގެންދަވަނީ ފިލްމްއެއް ކަމަށާއި، ރައްޔިތުންނެއް އެއަކަށް ހެއްލިގެން ނުދާނޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، މިހާރު ހުވަދޫ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމަުންނެވެ.
“ޓީވީން ފެނޭ ވަރަށް ރީތި މަންޒަރުތައް، މީސް މީޑިއާއިން ފެންނަނީ އެހެން މަންޒަރުތަކެއް، ޓީވީން ފެންނަ މަންޒަރުތަކަކީ ވަށައިގެން ފުލުހުން ބައިތިއްްބާ ހަމައެކަނި އެތަންކޮޅު ތެރޭގައި ކުޅޭ ފިލްމެއް، އެ ފިލްމެއް ރާއްޖޭގެ ރައްޔިތުންނެއް ނުހެއްލޭނެ، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން އެދެނީ ހެޔޮ ވެރިކަމެއް.”.
މީގެ އިތުރުން، މި ސަރުކާރުން ކުރައްވަމުން ގެންދަވަނީ ހެޔޮ ވެރިކމަެއްގެ ގޮތުގައި ރައްޔިތުންނަށް ދައްކަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަމެއް ނުވާނޭ ކަމަށެވެ.
އެގޮތުން ރައީސް ދާ ރަށްތަކުގައި، ރައްޔިތުންގެ ޝުއޫރުތައް ހާމަވިޔަ ނުދިނުމަށްޓަކާ، ޝީލްޑާއި ޕެޕަރ ސްޕްރޭ ހިފަައިން، ސިފައިންނާއި ފުލުހުން ހަރަކާތްތެރިވުމަކީ ހެޔޮ ވެރިކަމެއް އުސޫލެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
“އަޅުގަނޑުމެން އެދުނީ އަބަދުވެސް އެދެނީ، ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް ކަމާއި އަދި ރާއްޖޭގެ ރައްޔިތުންނަށް އެ މީހުންގެ އަމިއްލަ މަސައްކަތުން ބޭނުންވާ ކަންކަން ފުރިހަމަ ވެގެން ދާނެ ގޮތަށް ސިޔާސަތުތައް އަޅުގަނޑުމެންގެ ތެރޭގައި ގާއިމްވެގެން ދިއުން،. އެހެންވީމަ ރައްޔިތުންނަށް މިކަންކަން ފޯރުކޮށްދެވުނީ، އަޅުގަނޑުމެންގެ އަމާޒަކަށްވީ ވަކި ކަމަކަަށް ނުކުޅުމަށް، ރައްޔިތަކަށްވީތީ އެ މީހާގެ ހައްގު އެ މިހާއަށް ފޯރުކޮށްދިނުމަށް.” ނަޝީދު ވިދާޅުވިއެވެ.

