ޕީޕީއެމްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހިތުގައި ޖައްސާ ޕާޓީއަކަށް ނުވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މާވަށު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު އެހެން ވިދާޅުވީ، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. ދިއްދޫގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގަ އެވެ.
ސައީދު ވިދާޅުވީ، އެބޭފުޅުންގެ ހިތްތައް ފުޑުފުޑުވެގެން ދަނީ އެފަދަ ހާއްސަ ހަފްލާތަކުގައި ޔާމީން ބައިވެރިވެވަޑައިގެން ނެތީމަކަމަށާއި، ރައީސް ޔާމީން ނުހައްގު ހަރާން ހުކުމެއްގަ ދުވަސްތައް ހޭދަ ކުރަމުންދަނީ ރާއްޖެ ހިތްދަތިކުރަމުން ކަމަށެވެ.
މި ސަރުކާރު އައީއްސުރެ މަސައްކަތްކުރަމުން ގެންދަނީ، ޕީޕީއެމް ޕީއެންސީގެ ކޯލިޝަން ނައްތާލަން ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ޕީއެންސީ ޕީޕީއެމްގެ ކޯލީޝަންއަކީ ބަދަހި ބައެއް ކަމަށާއި، އެ ދެ ޕާޓީއަށް ދިމާވި ހިތްދަތި ކަންތަކާއި ކުރިމަތިލައި ޕާޓީގެ ބާރުވެރިކަން ދެމެހެއްޓީ ޕާޓީގެ ސަޕޯޓަރުންނާއި މެންބަރުންގެ ހިތްވަރުން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން، އަބްދުއްރަހީމް ރައީސް ޔާމީންއަށް އަބަދުވެސް، ވަފާތެރިވާނެ ފަރާތެއް ކަމަށް ސައީދު ރޭގެ ޖަލްސާގައި ފާހަގަކުރެއްވިއެވެ.
އަދި
އިއްޒުގެ ފަހަތުން ޕީޕީއެމް/ޕީއެންސީ ނުކުތީ ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށާއި ޑޮލަރު ރޭޓް ކުރީގައި ހުރި ވަރަށް ގެނައުމަށް ކަމަށެވެ.
“މި ރާއްޖޭގެ ބޭންކްތައް، ވިޔަފާރިތައް، ކުދި، ބޮޑު ވިޔަފާރިތަކަށް ދިރުން ގެންނަން. ޒުވާނުންނަށް އާ އުންމީދުތަކެއް ގެންނަން. ކަނބަލުންނަށް އެ ބޭފުޅުންގެ ހައްގުތައް ގެނެސްދޭން. ރުޖޫއަ ކޮށްދޭން،” ޔާމީނާ ގާތް ގުޅުމެއް އޮންނަ ސައީދު ވިދާޅުވި އެވެ.

