ގދ. ހޯނޑެއްދޫގެ އެމްޑީޕީ ހަރުގެ އަށް ރޭ ބަޔަކު ކަޅުޔެތޮ ޖަހައި ގެއްލުން ދީފި އެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަގޮތުން، ހަރުގޭގައި ހުރި ގޮނޑިތަކާއި މޭޒުތަކާއި އެހެން ތަންތަނަށް ވެސް ވަނީ ކަޅުތެޔޮ ޖަހައިފަ އެވެ.
މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލަ އެ ފަރާތައް ރިޕޯތްކޮށްފައިވަނީ މިއަދުގެ ހެނދުނު 6:00 ހާއިރުއެވެ. އަދި މި މައްސަލަ މިހާރު ފުލުހުން ތަހުގީގުކުރަމުންދާ ކަމަށްވެސް އެބޭފުޅުން މައުލޫމާތު ދެއެވެ.
ހޯނޑެއްދޫގެ ހަރުގެ އަށް ގެއްލުން ދިން އިރުގައި، މިދިޔަ ހަފުތާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ވެސްވަނީ ހުޅުޖަހާ ރޯކޮށްލާފައެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ދަތުރުފުޅާ ދިމާކޮށް، ހުވަދޫގެ ބައެއް ރަށްރަށުގައި އެ މަނިކުފާނާ ދެކޮޅަށް، އިދިކޮޅު ޕާޓީތަކުން މުޒާހަރާ ވެސް ކޮށްފައިވެއެވެ.
އެގޮތުން ގއ. ވިލިގިލީގައި މި ސަރުކާރާއި ދެކޮޅަށް ކުރި މުޒާހަރާ ހޫނުވެ، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

