މިޔަންމާގެ އުތުރުގައި އޮންނަ ޖޭޑް މައިނެއްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 32 މީހުން މަރުވެއްޖެއެވެ.
އެގައުމުގެ ފަޔާ ސާރވިސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައު، ބިންގަނޑު ކަޑައިގެން ދިޔުމުގެ ހާދިސާ ހިނގާފައިވަނީ އެގައުމުގެ، އުތުރުގެ ސްޓޭޓްއެއްގެ ފަރުބަދަމަތީގެ އަވަށެއްކަމަށްވާ ހަޕަކާންތުގައެވެ.
އާދިއްތަ ދުވަހު ހިނގި މި ހާދިސާގައި ސަލާމްތވި މީހުން، އެމީހުންގެ އާއިލާތަކުގެ ކައިރިޔަށް ފޮނުވާފައިވާ ކަމަށް މިޔަންމާގެ ދައުލަތުގެ ނޫހަކުން ރިޕޯތްކޮށްފައިވެއެވެ.
މިޔަންމާގެ ދައުލަތުގެ ނޫހެއް ކަމަށްވާ ގްލޯބަލް ނިއު ލައިޓް އޮފް މިޔަންމާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވެލިގަނޑު ވެއްޓުމުގެ ސަބަބުން ކައިރީގައި އޮތް ފަޅަކަށް ފެން ވަދެ، މައިނަރުން ތާށިވީ އެވެ.
މިޔަންމާއިން ދުނިޔޭގެ 70 އިންސައްތަ ޖޭޑް އުފައްދާއިރު، ހަޕާކަންޓަކީ ދުނިޔޭގެ އެންމެ ބޮޑެތި އަދި އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި މައިންތަކެއް ހުރި ޤައުމެކެވެ.
2020 ވަނަ އަހަރު ބޯކޮށް ވާރޭވެހި، އެޕާކާންޓްގެ ޖޭޑް މައިނެއްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 160 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެފަދަ ނުރައްކާތެރި ކާރިސާއެއް 2021 ވަނަ އަހަރު ވެސް އެ ސަރަހައްދުގައި ހިނގާފައިވެ އެވެ.

