ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުހކުމްއިން އެމަނިކުފާނު މިނިވަންކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިލެއްވި ނަމަވެސް އެކަން ވަކި ގޮތަކަށް ކުރުމަށް ސަރުކާރަށް ބަސް ނުބުނާނެ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ އިލެކްޝަންސް އޮބްޒަވޭޝަން ޓީމްއިން ބުނެފިއެވެ.
އަންނަ ސެޕްޓެމްބަރ މަހުގެ ނުވަަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅިގެން، އީޔޫގެ އޮބްޒަވޭޝަންގެ ވަފްދުގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތާއި ބެހޭގޮތުން، ނޫސްވެރިންނަށ ްމައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި އެ ވަފުދުގެ ޗީފް އޮބްޒާވަރު އަދި ސްޕެއިންގެ އީޔޫ ޕާލިމަންޓު މެމްބަރު ނާޗޯ ސަންޗޭޒް އަމޯ ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ސިޔާސީ ކަންކަމާއި ޝަރުއީ މަރުހަލާގެ ތެރެއަށް ވަދެ އެ ވަފުދުން ކަމެއް ނުކުރާނެ ކަމަށެވެ.
އެގޮތުން އެބޭފުޅުންނަކީ އިންތިހާބުގެ ކަންކަން އޮބްޒާވް ކުރުމަށް އައިސް ތިއްބެވި ބައެއް ކަމަށާއި، އެއްވެސް ހާލެއްގައި ރާއްޖޭގެ ދާޚިލީ ކަންކަމޖުގެ ތެރެއަށް ބަސްބުނެ އެކަންކަމާއި ނުބެހޭނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
” އަޅުގަނޑުމެންނަކީ އޮބްޒާވްކުރަން އައި ބަޔެއް. އެއްވެސް ހާލެއްގައި ރާއްޖޭގެ ދާހިލީ ކަންކަމާމެދު ބަހެއް ނުބުނާނަން. ރައުޔެއް ނުދޭނަން. ހާއްސަކޮށް ރައީސް ޔާމީނުގެ މައްސަލަ އޮތީ ކޯޓުގައި. ޖުޑީޝަރީގެ ކަންކަމާ އަޅުގަނޑުމެން ބަހެއް ނުބުނާނަން. ”
ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ކުރާ އިހުތިޖާޖުތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ނަޝީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށ ްއެމނަިކުފާނުގެ ކެންޑިޑެސީ ފޯރމް އިލެކްޝަންސް ކޮމިޝަންއަށް ހުށަހެޅި ނަމނަވެސް، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމް ދެމިއޮތުމުގެ ސަބަބުން އިންތިހާބުގައި ބައިވެރިނުވެވޭނެ ކަމަށް ސުޕްރީމް ކޯޓުންވަނީ އަމުރުކޮށްފައެވެ.

