ރަހިމުގެ ގުޅުން ދެމެހެެއްޓުމަކީ އިސްލާމްދީނުގައި ނުހަނު ބާރުއަޅުއްވާފައިވާ ކަމެއް ކަމަށާއި އަދި އެއީ ދީނުގައި ވާޖިބުކުރައްވާފައިވާ ކަމެއްކަމަށް މިއަދުގެ ޚުޔުބާގައިބުނެފިއެވެ.
ރަހިމުގެ ގުޅުން ދެމެހެއްޓުމުގެ މައްޗަށް މިއަދު އިއްވި ޚުޠުބާގައި ބުނިގޮތުން، ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ، ގާތްތިމާގެ މީހުންނަށް ޢިހުސާންތެރިވުމެވެ. އެގޮތުން އެމީހުންގެ ހާލު ބަލައި، ހެޔޮކަން ފޯރުވުމެވެ. ޒިޔާރަތްކުރެވެން ނެތް ހާލަތެއް ނަމަ، ފޯނުން ގުޅައިގެން ނަމަވެސް ހާލު ބެލުމެވެ.
މީގެ އިތުރުން ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ މާތްﷲ ހަޒްރަަތައް އިންސާނާ ކުއްތަންކޮށްދޭނޭ ހެޔޮ އަމަލެއްކަަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި އެ ގުޅުން ދެމެހެއްޓުމަކީ ސުވަރުގެ ވަނުމުުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އެއީ އީމާންކަމުގެ އަލާމާތްތަކުގެ ތެރެއިން ހިމެނޭ ކަމެއްކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
އަދި ހަމައެހެންމެ އެ ގުޅުން ދެމެހެއްޓުމަކީ، ޢުމުރު ދިގުކޮށްދެއްވައި، ރިޒްގު ތަނަވަސްކޮށްދެއްވައި ނުބައި މަރަކުން މީހާ ދުރުހެލިކޮށްދޭ ކަމެއްގެ އިތުރުން އެއީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިދެނިވި ކަމެއް ކަމުގައި ހުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ ގުޅުން ދެމެހެއްޓުމަކީ ފާފަ ފުއްސަވާ ކަމެއްކަން ފާހަގަކޮށް، ހުތުބާގައި ބުނެފައިވަނީ ރަހިމުގެ ގުޅުން ކަނޑާ މީހުންގެ ޢަމަލުތައް މާތް ﷲ ޞުބުހާނަހޫ ވަޠައާލާ ގަބޫލުފުޅުނުކުރައްވާނެ ކަމަށް ވާރިދުވެފައިވާ ކަމަށެވެ.
ހަމަ އެހެންމެ އެ ގުޅުން ކެނޑުމުގެ ސަބަބުން، އާޚިރަތް ދުވަހު ލިބޭ އަޛާބުގެ އިތުރުން ދުނިޔެމަތީގައިވެސް އުޤޫބާތް ލިބޭނެ ކަމަށް އަހަރެމެންގެ މާތް ރަސޫލާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައިވެއެވެ.
” ފާފަތަކުގެ ތެރެއިން އަނިޔާ ކުރުމާއި، މައިންބަފައިންނަށް ނުކިޔަމަންތެރި ވުމާއި، ގަތްތިމާގެ ކަމުގެ ގުޅުން ކަނޑައިލުން ފިޔަވައި، އެންމެހައި ފާފަތަކުގެ ޖަޒާ، ގިޔާމަތާއި ހަމައަށް މާތް ﷲ ފަސްކުރައްވަތެވެ. ނަމަވެސް މި ތިން ކަމުގެ ޖަޒާ މަރުވުމުގެ ކުރިން، ދުނިޔެމަތީގައިވެސް މާތް ﷲ ދެއްވަތެވެ.”

