ދިވެހި ރާއްޖޭގައި ޒުވާނުންތިބީ ދަރަނިވެރިވެފައި ކަމަށާއި ނުދަރާ އެންމެ ޒުވާނަކުވެް ނެތް ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުގެ ތެރެއިން ފ. އަތޮޅު ނިލަންދޫގައި ބޭއްވި ޖަލްސާއެއްގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ގޮތުން ނާޒިމް ވިދާޅުވީ، ޒުވާނުން ބޭނުން ކުރަން ގަނެލާ ފޯނަކީވެސް ދިރާގު ނުވަތަ އޫރެދޫ ފަދަ ތަނަަކުން ދަރަންޏަށް ނަގާ އެއްޗެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ މާލީ ހާލަތުވަނީ ވަރަށްވެސް ދަަށަށް ގޮސްފައި ކަމަށާއި، ޒުވާނުން ތިބީ ދަރަނީގެ ދަންތުރައެއްގައި ޖެހިފައިކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮސްފައެވެ.
އެ ފަދަ ހާލަތްތަކުން ދިވެހި ރައްޔިތުންނަށް އަރައިގަނެވޭނީ، ދިވެހި ރައްޔިތުުން އެކީގައި ވިސްނަވާ ނިންމާ ނިންމެވުމަކުން ކަމަށާއި، އަންނަ ރިޔާސީ އިންތިހާބުގެ ފަށް ދިވެހިން ދާނި އުޖާލާ ޒަމާނެއްގެ ތެރެއަށްތީ ނޫނީ ފަހަތައް ސޮއްސާލާނީތޯ ނިންމަވާނީ ވޯޓު ކަރުދާހުގައި ޖަހާ ފާހަގައިންކަމަށް ނާޒިމް ވިދާޅުވިއެވެ،
މީގެ އިތުރުން އެމްއެންޕީ ސަރުކާރެއްގައި ކުރުމަށް ނިންމާފައިވާ ކަންކަމަކީ ރައްޔިިތުންގެ އަތުން ބޮޑު ހޭދައެއް ނުކޮށް ހިލޭ ކޮށްދިނުމަށް ވައުދެވެފައިވާ ކަންކަންކަމަށާއި، މިދިޔަ ސަރުކާރުތަކުގައި ރައްޔިތުންނަށް ހައްގުވާ މިންވަރު ލިބިފައި ނުވާކަމަށްވެސް ނާޒިމް ވިދާޅުވިއެެވެ،.
އަދި ސަރުކާރަކުން ކަންކަން ކުރުމުގައި ވިސްނަވަންޖެހޭނީ އޭގެން ރައްޔިތުންނަަށް ފައިވާ ވެގެންދާނީ ކިހާވަރަކަށްތޯކަން ބަލަންޖެހޭ ކަމަށާއި އެމެއެންޕީ ސަރުކާރެއްގައި ކަމެއްކޖރުމުގެ ކުރިން އެފަދައިން ބަލާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. މީގެ އިިތުރުން އެބޭފުޅުންގެ ސަރުކާރުގައި ފަގީރުންނާއި މުއްސަނދިންނާއި ދެމެދުވާ ފަރަގުތައް ކުޑަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އަދި ކޮންމެ ނިންމުމެއް ނިންމުމުގައިވެސް ހަމަހަމަކަން އިސްކުރައްވާ ގާއިމްކޮށްދެއްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

