ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މ. އަތޮޅުގެ ރަށްތަކަށް ވަޑައިގެންނެވުމުން އެރަށްތަކުން ދިނީ ޑރ. މުޢިއްޒުއަށް ބޮޑު އަޣްލަބިއްޔަތު ލިބޭނެ ކަމުގެ ޔަޤީންކަމެވެ.
ޑރ. މުޢިއްޒުއާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މ. އަތޮޅުން މިއަދު ވަޑައިގެންނެވި ހުރިހާ ރަށަކުންވެސް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.
މުލަކު ދާއިރާ ޕީޕީއެމް ރައީސް އާއިއެކު ޑރ.މުޢިއްޒު އަދި ޓީމުން މުލަކަށް ފާބާވަޑައިގެންނެވިއިރު މުޅިރަށް ގުގުމާލާފައިވަނީ "އެއް ބުރުން މުޢިއްޒު"ގެ ޝިއާރުގެ އަޑާއިއެކުގައެވެ.
މުލަކުގެ އާންމުފަރާތްތަކުން ބުނީ މިފަހަރުވެސް މުލަކާއި މުޅި މ.އަތޮޅުގެ އަޣުލަބިއްޔަތުވެސް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޢިއްޒަށް ކާމިޔާބުކޮށްދޭނެ ކަމަށެވެ.
އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރެއްވީ ދާއިރާއެވެ. މ.އަތޮޅުގެ ހަތަރު ރަށަކަށް ޑރ.މުޢިއްޒުއާއި ކެމްޕެއިން ޓީމުން ވަޑައިގެންފައިވާއިރު އެންމެ ގިނަ މީހުން މަރުޙަބާ ދެންނެވުމަށް ނުކުތީ މ.އަތޮޅުގެ އެންމެ އާބާދީ ބޮޑު މ.މުލަކުންނެވެ.
ރިޔާސީ ކެމްޕޭނު ދަރުރުފުޅުގައި މާދަމާ މ.އަތޮޅު ދިއްގަރަށް ވަޑައިގަތުމަށްފަހު ޑރ.މުޢިއްޒާއި ކެމްޕެއިން ޓީމު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، ވ.އަތޮޅަށެވެ. މި ދަތުރުފުޅުގައި ވ. ފެލިފޫ ދާއިރާގެ މަޖްލިސް މެމްބަރު ފަޒުލް ރަޝީދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

