އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީއިންތިހާޞުގައި ކުޖރިގެ ރައިސް އަދި ޕީޕީއެމްސ ޕީއެންސީގެ ލީޑަރ އަބްދުﷲ ޔާމީންއަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ދޮރު ބަންދުވުމުން، އުންމީދުކުރެއްވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިލައްވާނެ ކަމަށް ކަމުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހިދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާއި ވަހީދުވަނީ ގުޅިވަޑައިގެންފައެވެ. އެގޮތުން، ޖޭޕީގެ ރީޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕޭނުގައި ރޭ ހދ. ކުޅުދުއްފުށީގައި ވަހީދު ވިދާޅުވީ، ޕީޕީއެމްގެ ޕްލޭން އޭ ގެ ގޮތުގައި އޮތީ ޔާމީން މިނިވަންވެވަޑައިގެން ވާދަކުރެއްވުމެވެ. އަދި، ޕްލޭން ބީ ގެ ގޮތުގައި އޮތީ ސީދާ ޕީޕީއެމުން ކެންޑިޑޭޓެއް ނެރުމެވެ. ޕީއެންސީން ކެންޑިޑޭޓެއް ނެރެ އެ ކެންޑިޑޭޓަކަށް ތާއީދުކުރުމަކީ އެންމެ ފަހަށް އޮތް ޕްލޭން ކަމަށް ވަހީދު ވިދާޅުވި އެވެ.
މީގެ އިތުރުން، ޕީޕީއެމުން ސީދާ ކެންޑިޑޭޓެއް ނުނެރުނީ ޔާމީންގެ އެންގެވުމާ ސީދާ ހިލާފަށް ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
"އަޅުގަނޑު އުންމީދުކޮށްގެން ހުރީ އަޅުގަނޑަށް އެ ފުރުސަތު ލިބިދާނެ ކަމަށް ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ހިނދެއްގައި،" ޕްލޭން ބީ އަށް ކުރެއްވި އުއްމީދު ހިއްސާކުރައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ޔާމީންގެ އެންގެވުމާއި ޚިލާފަށް ޕީޕީއެންއިން އަމަލުކުރުމަކީ އިޙުތިރާމްކުޑަ އަމަލެއްގެ ގޮތުގައި ވަހީދު ވަނީ ސިފަކުރައްވާފައެވެ.
އަދި 10 އަހަރު ޕީޕީއެމްގައި ހުރެފައި، އެއްވެސް އިހުތިރާމަކާއި ބަލާލުމެއްނެތިވެ، އެފަދައިން ކަންކަން ކުރުމުން އެ ޕާޓީގައި ހުންނަންޖެހޭ އެއްވެސް ސަބަބެއް ފެނިވަޑައިނުގަތީކަމަށް ވެސް ވަހިދު ވިދާޅުވިއެވެ.
ޑރ. ވަހީދު ޕީޕީއެމުން ވަކިވެވަޑައިގަތީ އެ ޕާޓީގެ ރިޔާސީ ޓިކެޓާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު ޕީއެންސީގެ ފަރާތުން ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބަށް ނުކުންނަވާފައި ވަނިކޮށެވެ.

