ކ. ގުރައީދޫއަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށް، އެ ޕާޓީގެ ސަޕޯޓަރުންނާއި އެމްޑީޕީގެ ސަޕޯތަރުންގެ މެދުގައި ހަމަނުޖެހުން ހިނގައި ދެ މީހެއްގެ ބޯ ފަޅާލައިފިއެވެ.
މި ހަމަނުޖެހުން ހިނގުމަށް މަގުފަހި ވެފައިވަނީ މުޢިއްޒު އެރަށަށް ވަޑައިގަންނަވާތީ އެކަމާއި ދެކޮޅަށް އެމްޑިޕީގެ ސަޕޯޓަރުންގެ ބައެއް ނުކުމެ އެކަމާއި ދެކޮޅަށް އަޑުއުފުލުމުންނެވެ.
ދެބައި މީހުން ފުރަތަމަ ބަހުގެ ހަމަލާތަކެއް ރައްދުކުރިނަމަވެސް، ފަހުން ވަނީ އެއްބަޔަކު އަނެއް ބަޔެއްގެ ގަޔަށް އަތްލައި މާރާމާރީ ހިންގަން ފަށާފައެވެ. މި މާރާމާރީގެ ތެރެއިން ބޯ ފަޅައިގެން ގޮސްފައިވަނީ ޕީޕީއެމްއާއި އެމްޑީޕީގެ ދެ ސަޕޯޓަރުންގެ އެވެ.
މި ހަަމަނުޖެހުން ހުއްޓުވުމަށް ހަރަކާތްތެރިވި ފުލުހުންނާއި އާންމުންނާއި ދެމެދު ވެސް ވަނީ ހަމަނުޖެހުން ހިނގައިފައެވެ. މީގެ އިތުރުން މި ހަަމނުޖެހުން މިހާރު ކޮންޓްރޯލް ކުރެވި 22 އަހަރުގެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

