ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ލޯންޗުކުރުން މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ( މާދަމާ ރޭ) ގެ ވަގުތެއްގައި ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.
އެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ.
“ދިވެހީންގެ ރާއްޖެ” ގެ ނަމުން ނަން ދީފައިވާ މުއިއްޒުގެ މެނިފެސްޓޯގައި އެންމެ ފުރަތަަމ ކަމަކަށް އޮތީ ޒުވާނުންނާއި އަންހެން ކަނބަލުންކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. އަދި ހަމަ އެހެންމެ މަސްވެރިންނަށް ހާއްސަ އިސްކަމެއް އެ މެނިފެސްޓޯގައި ދީފައިވާނެ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
މެނިފެސްޓޯ ލޯންކުރުމަށް ނިންމާފާއިވާއިރު މުއިއްޒުގެ އިތުރުން އެބޭފުޅާގެ ރަނިންގްމޭޓް ވެސް ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކެމްޕެއިން ކުރިއަށް ގެންދަމުންނެވެ.
އަދި އެބޭފުޅުންގެ ސަރުކާރެއްގައި ރައްޔިތުންނަށް ކޮށްދޭނެ ގިނަ ވައުދުތަކެއް ކަނޑައަޅާފައިވައރު، ޕީއެންސިގެ ސަރުކާރެއްގަެ ތެރެއިން ކަންކަން ނިންމާނީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަހުގައި ކަަމަށް ރިޔާސީ ކެންޑިޑޭޓް މުއިއްޒު ވަނީ ވިދާޅުވެފައެެވެ.
އެގޮތުން އެބޭފުޅާއަކީ ރާއްޖޭގެ ތަރައްގީގެ ހުރަކަށް ވުމުގެ ބަދަލުގައި ދިވެހިން ބޭނުންވާ ދިވެހީންގެ ރާއްޖެއަށް އެންމެ އެކަށޭޭނެ ތަރައްގީގެ ޕްރޮޖެކްޓްތައް ހިނގައި ރާއްޖޭގެ ކުރިމަގު ބައްޓަން ކުރައްވާނެ ކަަމަށްވެސް މުއިއްޒުވަނީ ވިދާޅުވެފައެވެ.

