އައްޑޫ ސިޓީގައި 6،000 އެނދު ޤާއިމްކޮށް ސީޕްލޭން ހަބެއް ތަރައްޤީ ކުުރުމާއިއެކު ބްރިޖް އަޅައި ޓުއަރިޒަމް އިތުުރު ފުރުސަތު ފަހިކޮށްދެއްވާނެ ކަމުގެ އުފާވެރި ޚަބަރު އައްޑޫ ރައްޔިތުންނަށް ޑރ.މުއިއްޒު ދެއްވައިފިއެވެ.
އެ ވައުދުތައް އިއުލާންކުރީ މުއިއްޒުގެ ކެމްޕެއިނަށް ހިތަދޫގައި ބޭއްވި ޖަލްސާގަ އެވެ.
އައްޑު އަށް އިއުލާންކުރެއްވި އެންމެ ބޮޑު މަޝްރޫއަކީ ހުޅުމީދޫ-ހިތަދޫ ގުޅާލުމަށް ހަދާ ބްރިޖެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ވީ ވައުދެކެވެ. އެ ވައުދު ހަގީގަތަކަށް ހަދައިދޭން އޭނާގެ ވެރިކަމުގައި މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އިރާދަކުރެވިއްޔާ އަޅުގަނޑުމެންގެ ސަރުކާރު އެ ބްރިޖު މަޝްރޫއު ހިންގާނަން،” އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، އެ ބްރިޖުގެ މަޝްރޫއާ އެކު އައްޑޫގެ ޓޫރިޒަމާއި އިގްތިސާދު ކުރިއަރައިގެން ދާނެ އެވެ. އެހެންވެ، އޭނާގެ ޕްލޭނަކީ އައްޑު އަށް “އައްސޭރި ޓޫރިޒަމް” ތައާރަފުކުރުމެވެ.
އައްޑޫ ސިޓީގެ ތަރައްޤީއާއި ވަޒީފާގެ ފުރުސަތު އިތުރު ކުރުމަށް ދެން އުފެދޭވެރިކަމެއްގައި 6،000 ޓޫރިސްޓް އެނދު ޤާއިމްކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިއާއެކު 10،000 ވަޒީފާ އުފެދިގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މި މަޝްރޫޢާއިއެކު އައްޑޫ ސިޓީއަށް ސީޕްލޭން ހަބެއް ގެނެސް ދެއްވާނެ ކަމަށާއި، މިއާއިއެކު ހުވަދުއާއި، އައްޑޫ ސިޓީގެ ޓޫރިޒަމަށް އިތުރަށް ފުޅާވެ، އިތުރު ގިނަ ވަޒީފާތަކެއް އުފެދިގެން ދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީއައްޑޫ ސިޓީގެ ރައްޔިތުންގެ ތާއީދާއިއެކު ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށެވެ. ވެރިކަމާއި ހަވާލުވެ އެންމެ ފުރަތަމަވެސް ޤާނޫނީ ހަމަތަކުގެ މަތީން ކުރާނެ ކަމަކީ އެއީކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އައްޑޫ ރައްޔިތުން މިއަދު ޕީޕީއެމް، ޕީއެންސީއަށް ކުރާ ތާއީދަކީ ރައީސް ޔާމީން އައްޑޫ ސިޓީއަށް ގެނެސްދެއްވި ތަރައްޤީ ކަމަށެވެ. މުއިއްޒު ވަނީ ރައީސް ޔާމީންގެ އެތަރައްޤީ އިޔާދަ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

