މިހާރު މި އޮތް ސަރުކާރަށް އެއްވެސް އުންމީދެއް ނެތްކަމަށާއި ރަނގަޅުގޮތެއް ދެން ވާންއޮތީ ސަރުކާރު ބަދަލުވެގެން ކަމަށް ކޫއްޑޫ އެއާޕޯޓުގެ މުވައްޒަފުން ބުނެފިއެވެ.
ކޫއްޑޫ އެއާޕޯޓުގެ މުވައްޒަފުން ދި ޑިމޮކްރޭޓްސްގެ ރަނިންމޭޓް އަމްރުއާއި ބައްދަލުކޮށް އެމީހުންގެ ޝަކުވާތައް ވަނީ ބަންޑުންކޮށްލާފައެވެ. މުވައްޒަފުން ބުނަނީ މިނިމަމް ވޭޖުގެ ގާނޫނު ވުޖޫދަށް އައި ފަހުން މުސާރައިން ބޮޑު ބައެއް އުނިވެގެން ގޮސްފައިކަމަށެވެ. އަދި މުސާރައިގެ ކަންކަމުގައި މިނިސްޓަރ ފައްޔާޒްއާއިވެސް 3 ފަހަރުގެ މަތިން ބައްދަލުކޮށްފައި އެވާހަކަދެކެވިފައިވާނެކަމަށެވެ.
އެހެނަސް އެއްވެސް ހައްލެއް ނުލިބޭ ކަމަށާއި ކޮންމެ ފަހަރަކުވެސް ބުނަނީ ފޮރިން އިންވެސްޓްމަންޓްތަކާއި ކުޅުކަމަކީ ރައީސް ސާލިހުގެ ސިޔާސަތުގެ ތެރޭގައި ހިމެނިފައިވާ ކަމެއްނޫންކަމަށައި އެއާޕޯޓްތަކަށް އެއްވެސް ހައްލެއް ލިބެން ނެތްކަމަށެވެ.
ކުރި ސަރުކާރުންވަނީ އެހެން އެއާޕޯޓު ތަކާއި ވާހަކަ ދައްކައިގެން މުސާރައިގެ ކަންކަން އެއް ހަމަޔަކަށް ގެނެސްފައިކަމަށާއި އެހެންކަމުން މިކަންކަމަކީ ވާނޭ ކަންކަން ކަމަށް ގަބޫލުކުރެވޭކަމަށެވެ.
ކޫއްޑު އެއާޕޯޓުގެ މުއައްޒަފުންނަށް އިންޝުއަރެންސްވެސް ހަމަނުޖެހެއެވެ. އިތުރަށް މުވައްޒަފުން ބުނަނީ ރައީށް ސޯލިހަށް އެއްވެސް އުންމީދެއް ނެތްކަމަށާއި ކިރިޔާވެސް ރަނގަޅުގޮތެއް ވާން އޮތީ ސަރުކާރު ބަދަލުވެގެން ކަމަށެވެ. އެންމެން ވެސް ބޭނުންވަނީ މި ސަރުކާރު ނޫންގޮތެއްކަމަށެވެ.

