އަންނަ ސެޕްޓެމްބަރ މަހުގެ ނުވަަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާއި ދިމާކޮށް ޕީއެސްއެމް އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީއިން ބާއްވާ “ރިޔާސީ ބަހުސް”ގައި މޯލްޑިވްސް ނެޝެނަލް ޕާޓީގެ ކެނޑިޑޭޓް މުހައްމަދު ނާޒިމް ބައިވެރިވެއްލައްވާނެ ކަމަށް އެޕާޓީގެ ނާއިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށް އުޝާމް ކުރެއްވި ޓުވިޓެެއްގައި ވިދާޅުވީ، ރިޔާސީ ކެންޑިޑޭޓުންގެ ޕޮލިސީތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ހުރިހާ ކެންޑިޑޭޓުން ވެސް ބަހުސްގަ ބައިވެރިވުމަކީ މުހިންމުކަމެއް ކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީން ދެކޭ ކަމަށެވެ.
ރިޔާސީ ބަހުސް ބޭއްވުމަށް ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރ މަުގެ އެއް ވަނަ ދުވަހުއެވެ. މި ބަހުސްއަކީ ކޮންމެ ރިޔާސީ އިންތިހާބަކާިއ ދިމާކޮށް ކުރިއަށް ގެންދާ ރައްޔިތުންގެ މެދުގައާއި ސިޔާސީ ވެރިންގެ މެދުގައިވެސް މަގުބޫލު ބަހުސްއެކެވެ.
ނާޒިމްގެ އިތުރުން ޕީޕީއެމް/ޕީއެންސީ ކޯލިޝަންއިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުވެސް ރިޔާސީ ބަހުސްގައި ބައިވެރިވެލައްވާނެކަން ވަނީ ހާމަކޮށްފައެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ރިޔާސީ އިންތިހާބަށް ވޯޓުލުމަށް ނިންމާފައިވާއިރު، މިފަހަރުގެ އިންތިހާބަކީ މިހާތަނަށް ރާއްޖޭގެ ރައީސް ކަމަށް އެންމެ ގިނަ ބޭފުޅުން ވާދަކުރައްވާ ފަހަރެވެ.

