ސުޕްރީމު ކޯޓުން ފުރާޅު ނެގުމާ ކައުންސިލްތަކުގައި ތަޅުއަޅުވާ ސަސްޕެންޑްކުރި ދުވަސް މާޒީވެގެން ގޮސްފިކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މި ވޭތުވެދިޔަ 5 އަހަރު ދުވަސްތެރޭ ރާއްޖޭ، ވެރިކަމުގެ ނިޒާމު ހެޔޮ ވެރިކަމަކަށް އަލުން އަނބުރާ އިއާދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއްވެޖެ ކަމަށް ވިދާޅުވެ ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސުޕްރީމު ކޯޓުން ފުރާޅު ނެގުމާ ކައުންސިލްތައް ތަޅުއަޅުވާ ސަސްޕެންޑްކުރި ދުވަސް މާޒީ ވެއްޖެ ކަމަށެވެ.
ފައްޔާޒު މިފަދައިން ވިދާޅުވެފައިވާއިރު ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެވިގެން މިދަނީ ރާއްޖޭގެ ޝަރުއީ އެއްވެސް ކޯޓެއްގެ ފުރާޅުން ވެސް ޓިނު ނުނަގާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވެސް ވަނީ ވިދާޅުވެފައެވެ.
https://twitter.com/faya_i/status/1694638984125710782?s=20
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންވެސް ރައީސް ޞާލިހްވަނީ، ސިޔާސީ ބޭނުމުގައި އެއްވެސް މީހަކު ހައްޔަރު ނުކުރާނެކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ބޭފުޅުން އެގޮތް އޭރު ގަބޫލު ނުކުރައްވާ ކަމަށާއި އެއީ އެޕާޓީގެ ސިޔާސަތަކަށް ވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

